ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ހެނދުނުގެ ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

މި މައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނިއިރު އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެންމެންނަކީ ވެސް ކޯޓު އަމުރުގެ ދަށުން އެކި ދުވަސްމަތިން ހައްޔަރުކޮށްފައިވާ މީހުންނެވެ. މި އެންމެން ވެސް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވާ އިތުރު މީހަކު ހައްޔަރުކޮށްފި

ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިން ޕީޖީ ސަމީމަށް ދިން މި ހަމަލާއާއިގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޕީޖީ އަށް ދެމުން އަންނަ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފައެވެ.

އެ ހަމަލާގެ ސަބަބުން ޝަމީމަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު، ހަމަލާގައި ލިބުނު އަނިޔާއަށް ފަރުވާ ހޯއްދެވުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ޝަމީމް، ވިދާޅުވެފައި ވަނީ ހަމަލާގެ ސަބަބުން ވާއަތުގައި ރެނދުލާފައިވާ ކަމަށެވެ. އަދި ކުރިއަށް ވުރެ ވަރުގަދަކޮށް މަސައްކަތަށް އެނބުރި އަންނާނެ ކަމަށާއި، ކުރިއަށް ވުރެ ބާރަށް ދުވެ، ފަތައި ހައްދަވަން އެނބުރި އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.