ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތަހްގީގުނިންމައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ޕީޖީ ޝަމީމަށް ޙަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު 7 މީހުންގެ މައްސަލަ ތަޙުޤީޤު ނިންމައި ދަޢުވާކޮށްދިނުމަށް އެދި މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ 31 ޖެނުއަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާގެ ސަބަބުން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައެވެ.
ޕީޖީ ޝަމީމަށް ހަމަލާދީފައި ވަނީ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ޕީޖީ ޝަމީމަށް ހަމަލާދީފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން، އެކަން ކުރި މީހުން ފޮރުވިގެން ތިބެކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ހަމަލައާ ގުޅިގެން އަވަސް ތަހުގީގެއް ހިންގައި، އެކަމުގައި ބައިވެރިވި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ބައިނަލްއަގުވާމީ ޕްރޮސެކިއުޓަރުންގެ ޖަމިއްޔާއެއްކަމަށްވާ، އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާސް އިން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!