ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
އޭރު ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ 31 ޖެނުއަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާގެ ސަބަބުން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލާގައި ދައުވާކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު (22 އޯގަސްޓް 2024)ގައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާ ކުރި މީހުންނާއި އެމީހުންގެ މައްޗަށް އުފުލި ދައުވާތައް
1. މިދުޙަތު އާދަމް، ރިވެލި/ރ. އަލިފުށި
ދަޢުވާ: ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.
ދަޢުވާކުރާ ސަބަބު: މިދުޙަތު އާދަމް އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ 07:42 އެހައިކަށްހައިއިރު، ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީ.
2. މުޙައްމަދު ޖަޒްލާން، ތުނޑި، ޖަވާހިރުވިލާ/ ލ. ގަން
ދަޢުވާ: ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.
ދަޢުވާކުރާ ސަބަބު: މުޙައްމަދު ޖަޒްލާން އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 07:42 އެހައިކަށްހައިއިރު، މީނާއާއެކު މިކަމުގެ ބައިވެރިވި މީހުންގެ ތެރެއިން މިދުޙަތު އާދަމް ގޮވައިގެން ސަކަލެއްގައި ކ. މާލެ، ނޫރު މިސްކިތް ކައިރިއަށް ގެންދިޔުމުން، އެވަގުތު އެތާ ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، މިދުޙަތު އާދަމް ސައިކަލުން ފައިބައިގެން ގޮސް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑު ޒަހަމްކޮށްލުމަށްފަހު އައިސް ސައިކަލަށް އެރުމުން، މިދުޙަތު އާދަމް ގޮވައިގެން އެތަނުން ގޮސްފައިވާތީ.
3. އަޙްމަދު މައިސާން ހާޝިމް، ދަފްތަރު ނަންބަރު ދރ 2247
ދަޢުވާ: ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދިއްޖެ
ދަޢުވާކުރާ ސަބަބު: އަހްމަދު މައިސާން ހާޝިމް އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ 07:42 އެހައިކަށްހައިއިރު، މީނާއާއެކު ބައިވެރިވި މީހުންގެ ތެރެއިން މިދުޙަތު އާދަމް ސައިކަލެއްގައި ކ. މާލެ، ނޫރު މިސްކިތް ކައިރިއަށް ގޮސް އެވަގުތު އެތާ ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، މިދުޙަތު އާދަމް، ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާތީއާއި، ހަމަލާދިނުމަށް ބޭނުންކުރި ސައިކަލު ހޯދައިދީ އެކަމަށް މީނާ މަގުފަހިކޮށްދީފައިވާތީ.
4. ރަޖުވާން ލަޠީފް، މުރިނގު/ލ. މާމެންދޫ.
5. ޝަމާލް ޙުސައިން، މުސްތަރީގެ/ ތ. ގާދިއްފުށި
6. އަބާން ޢަބްދުލްހަންނާނު، ރުވާ/ ތ. ދިޔަމިގިލި
7. ޒަޔާން ނަޞީރު، ކެމީހިޔާ/އދ. މާމިގިލި
ދަޢުވާ: ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުން.
ސަބަބު: ރަޖުވާން ލަޠީފްއާއި، ޝަމާލް ޙުސައިންއާއި، އަބާން ޢަބްދުލްހަންނާނުއާއި، ޒަޔާން ނަޞީރު، އިތުރު ބަޔަކާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހ. ހިޔާކަން، ޙުސައިން ޝަމީމަށް ހަމަލާދިނުމަށް ރާވައި، 31 ޖަނަވަރީ 2024 ދުވަހުގެ ހެދުނު 7:42 އެހައިކަށްހައިއިރު، މީނާއާއެކު މިކަމުގެ ބައިވެރިވި މިދުޙަތު އާދަމް ސައިކަލެއްގައި ގޮސް ކ. މާލެ، ނޫރު މިސްކިތް ކައިރީ މަގުމަތީގައި ޙުސައިން ޝަމީމު ހުއްޓައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙުސައިން ޝަމީމުގެ ބޮލަށް ހަމަލާދިނުމަށް މަސައްކަތްކޮށް، ޙުސައިން ޝަމީމުއާ މެދު މާރާމާރީ ހިންގައި، ޙުސައިން ޝަމީމުގެ އަތުގެ މުލައްދަނޑު ޒަހަމްކޮށްލާފައިވާތީއާއި، މިހަމާދިން އިރު، ހަމަލާދީ ނިމެންދެން މީނާ ކާރެއްގައި އެތަނުގައި މަޑުކޮށްގެން އިނދެފައިވާތީއާއި، ހަމަލާދީ ނިމުމުން، ހަމަލާދިން މީހުންނާއެކު އެސަރަހައްދުން ގޮސްފައިވާތީ.
ޕީޖީ ޝަމީމަށް ހަމަލާދީފައި ވަނީ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!