އެކުލަވާލާނީ ހިންގުންތެރި، ހީވާގި، ތައުލީމީ ކެބިނެޓެއް: މުއިއްޒު
އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެކުލަވާލާނީ ހިންގުންތެރި، ހީވާގި، ތައުލީމީ އަދި ރައްޔިތުން ފަހުރުވެރިވާ ކެބިނެޓެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. “ސަންގު” ޓީވީ އާއި “ޗެނަލް 13″ ގުޅިގެން ދެއްކި “އާސްކު މުއިއްޒު” ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ކެބިނެޓެއް އެކުލަވާލާއިރު ހުރިހާ ކަމަކަށްވެސް ބައްލަވާނެ ކަމަށެވެ. އަދި ކެބިނެޓްގައި ތިއްބަވާނ...