ކެމްޕެއިނަށް މުއިއްޒު ބޮޑު ތިލަދުންމައްޗަށް
މި ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަލުރައްވާ ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް ފުރާވަޑައިގެންފިއެވެ. މިއީ ހއ، ހދ އަދި ށ އަތޮޅަށް ކުރައްވާ ދަތުރެއް ކަމަށާއި މމި ދަތުރުގައި އެ ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. އަދި ދޮރުން ދޮރަށް ހިންގެވުމާއި ކަންމަތީ ބައްދަލުވުންތަކާއި ޖަލްސާތައް ވެސް […]