މުޢިއްޒަށް ތާއީދުކޮށް ޝިޔާންޓޭ ވެސް ޕީޕީއެމް އަށް

ޝިޔާންޓޭ ޕީޕީއެމަށް ސޮއިކޮށް ފޯމު ހަވާލުކުރަނީ، ފޮޓޯ: ޕީޕީއެމް
ޝިޔާންޓޭ ޕީޕީއެމަށް ސޮއިކޮށް ފޯމު ހަވާލުކުރަނީ، ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް، ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އިދިކޮޅު ކޯލިޝަންގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ރޭ ގުޅިއްޖެއެވެ.

ޝިޔާންޓޭ ޕީޕީއެމަށް ސޮއިކޮށް ފޯމު ހަވާލު ކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ރޭ ށ. ވެރިރަށް ފުނަދޫގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. މި ފޯމާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން ހަވާލުވެލެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒާއި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ.

17 މާރިޗް 2021 ގައި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޝިޔާންޓޭ. ށ. އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައި ވާދަ ކުރައްވައެވެ. އެމްޑީޕީގެ ކުރީގެ ރައީސް، މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ ވަރަށް ލޯޔަލް ސަޕޯޓަރެއްގެ ގޮތުގައި ފާހަގަކުރެވުނު ޝިޔާންޓޭ ވަނީ ފަހުން ވަނީ ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓިކްސް އާއި ގުޅިވަޑައިގެންފައެވެ. ޝިޔާންޓޭ ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންކަން ޢިއުލާން ކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޝިޔާންޓޭ ތާއީދުކޮށް ކެމްޕޭން ކުރައްވާފައި ވަނީ ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.

މި މަހު 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒު ވަނީ ށ. އަތޮޅުން ވޯޓުލީ މީހުންގެ 46 އިންސައްތައާއެކު މެޖޯރިޓީ ހޯއްދަވާފައެވެ. އެ އަތޮޅުން އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގަތީ 45 އިންސައްތަ ވޯޓެވެ.

ޝިޔާންޓޭގެ އިތުރުން ށ. ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދާއި ށ. އަތޮޅުގެ ކަމުވޮށިގެންވާ އިތުރު ގިނަބަޔަކު ރޭ ޕީޕީއެމާއި ގުޅިފައިވުމުން މި ނަތީޖާއަށް ބަދަލު އަންނާނެކަމަށް ބެލެވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި