ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މާމިނގިލީ އިބޫ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަގާމަށް، އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިނގިލީ އިބޫ) މިއަދު ޢައްޔަންކުރައްވައިފިއެވެ. އިބޫ ކުރިން ވަނީ މި ސަރުކާރުގައި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް)ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ. އެ ކުންފުނި ވަނީ ފަހުން އެޗްޑީސީއާއި އެއްކޮށްލާފައެވެ. މީގެ އިތުރުން އިބޫ ވަނީ ހޯމް މިނިސްޓްރީގެ ނައިބުކަމުގެ މަޤާމާއި މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަ...