ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ހަވާލުކުރީ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ސްޓޯން ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމާއި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަނަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 132,000 އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ދެފަހަރަކު ހުޅުވާލިއެވެ. އެކަމަށް އެންމެ ފުރަތަމަ ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އެކަމަށް ތަރުހީބު ނުލިބުމުން މާޗު މަހުގެ ތެރޭގައި އަލުން ހުޅުވާލިއެވެ.

މި ޓޫރިސްޓް ހޮޓާ ހަދަން ހަވާލު ކުރީ މަދުވެގެން 50 ކޮޓަރި ހިމެނެ ގޮތަށެވެ. މި ހޮޓަލުގެ މަސައަކަތް 2024 ވަނަ އަހަރުގެ ޖުލައިގެ ކުރިން ނިންމައި، ހުޅުވޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.