ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަގާމަށް، އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިނގިލީ އިބޫ) މިއަދު ޢައްޔަންކުރައްވައިފިއެވެ.
އިބޫ ކުރިން ވަނީ މި ސަރުކާރުގައި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް)ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު ފުރުއްވާފައެވެ. އެ ކުންފުނި ވަނީ ފަހުން އެޗްޑީސީއާއި އެއްކޮށްލާފައެވެ.
މީގެ އިތުރުން އިބޫ ވަނީ ހޯމް މިނިސްޓްރީގެ ނައިބުކަމުގެ މަޤާމާއި މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަޤާމާއި އަދި ޕްރައިވެޓް ސެކްޓަރގެ އެކިއެކި މަޤާމުތައް ފުރުއްވާފައެވެ.
އިބޫގެ އިތުރުން ޓޫރިޒަމްގައި އިތުރު ސްޓޭޓް މިނިސްޓަރެއް ހުންނަވައެވެ. އެއީ ޑރ. އަޙްމަދު ޞާލިޙް އެވެ. އެ މިނިސްޓްރީގައި ތިން ޑެޕިއުޓީ މިނިސްޓަރުން ވެސް ތިއްބަވައެވެ. އެ ބޭފުޅުންނަކީ އަޙްމަދު އާޠިފް، އައްސަދު ރިޒާ އަދި ޑޮކްޓަރ ނައުޝާދު މުޙައްމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!