އދ. އަތޮޅުގައި ހިންގަމުން އައި މާފުށިވަރު މޯލްޑިވްސް ރިސޯޓް ވިއްކާލަން ނިންމައިފިއެވެ.
އެ ރިސޯޓް މިހާރު ހިންގަމުން އަންނަނީ ޖަރުމަނުގެ އާރުއީޑަބްލިޔުއީ (ރީވީ) ގްރޫޕުގެ ޑާ ޓޫރިސްޓިކް ކުންފުނިނީގެ އެލްޓީއައި ހޮޓެލްސް ބްރޭންޑިންގެ ދަށުންނެވެ. ރިސޯޓް ވިއްކާލަން އުޅޭ ކަން އިއުލާން ކުރީ ޓޫރިޒަމް މިނިސްޓްރީންނެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ އެ ރިސޯޓާ ގުޅިގެން އެއްވެސް ފަރާތަކާ ގުޅޭ ދަރަންޏެއް ނުވަތަ މައްސަލައެއް ވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން އެންގުމަށް އެދިފައެވެ.
މާފުށިވަރު ރިސޯޓަކީ ޕެރެޑައިޒް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީ ކުރި ރިސޯޓެކެވެ. ކޯވިޑް-19އާޑާ ގުޅިގެން ބަންދުކޮށްފައި އޮތުމަށްފަހު ބޮޑު މަރާމާތަކާއެކު އެ ރިސޯޓް ހުޅުވީ ޖުލައި 2020ގައެވެ.
ރިސޯޓު ހަދަން ހުއްދަ ދިން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާ ހިލާފުވެގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިދިޔަ އަހަރުގެ ފަހުކޮޅު އެރިސޯޓު 402،500ރ. އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!