މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސަގާފީ ކުލަތަކާއެކު ހާއްސަ ޑިނާ ނައިޓެއް ކުރިއަށް ގެންގޮސްފިއެވެ.
ޓޫޒަމް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މި ޑިނާ ނައިޓަކީ ދުނިޔޭގެ ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫ.އެން.ޑަބްލިއު.ޓީ.އޯ)ގެ ސެކެޓްރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލި އާއި، ޕެރެޑައިސް ރިސޯޓުގައި ކުރިއަށްދާ 15 ވަނަ " ޔޫ.އެން.ޑަބްލިއު.ޓީ.އޯ އޭޝިއާ ޕެސިފިކް އެގްޒެކެޓިވް ޓްރެއިނިންގް ކޯސް" ގެ ބައިވެރިންގެ ޝަރަފުގައި ބޭއްވުނު ޑިނާ އެކެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ދިޔަ މި ޑިނާ ނައިޓުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ހާޒިރުވެފައިވަނީ ދިވެހި ޤައުމުގެ ސަގާފީ ހެދުމުގައެވެ އަދި ދިވެހި ވަންތަ ސަގާފީ ތީމް އަކަށް ތަން ތައްޔާރުކޮށްފާ ވާއިރު "ރަސްރަނި" ގެ ސަގާފީ ނެށުންތަކެއް ވެސް ވަނީ ބައިވެރިންނަށް ދައްކާލާފައެވެ.
މީގެ އިތުރުން، ތަން ތައްޔާރު ކޮށް ޑިނާ ނައިޓު ފުރިހަމަކަމާއެކު ތައްޔާރުކޮށްދިން ކަމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓަށް ޝުކުރު ދަންނަވާފައެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަ ކުރުމަށް ވެސް ޓޫރިޒަމް މިނިސްޓްރީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!