މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ގޯލްޑަން ފުޓްސަލް ޗެލެންޖު

50 Stories filed
ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި
Thiladhunmathi News

ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި

ޒޯން-1 ގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ، އެންމެ ފަހުގެ ދެ އަހަރުގެ ވެސް ޗެމްޕިއަންކަން ހޯދި ވަރުގަދަ ނައިވާދޫ ބަލިކޮށް “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ޗެމްޕިއަންކަން އުތީމުން ކާމިޔާބު ކޮށްފިއެވެ. އުތީމާއި ނައިވާދޫ ބައްދަލުކުރި ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުތީމުން ނައިވާދޫގެ މައްޗަށް […]

ހދ.އަތޮޅު ޗެމްޕިއަންކަން ނައިވާދޫއަށް، ހއ.އަތޮޅު ޗެމްޕިއަންކަން ދިއްދޫއަށް
Thiladhunmathi News

ހދ.އަތޮޅު ޗެމްޕިއަންކަން ނައިވާދޫއަށް، ހއ.އަތޮޅު ޗެމްޕިއަންކަން ދިއްދޫއަށް

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫއިން ހޯދިއިރު، ހއ.އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދައިފިއެވެ. ރޭ ރެހެންދި ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ހދ.އަތޮޅު ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޮޅިވަރަމެވެ. މި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ނައިވާދޫއިންނެވެ. މި މެޗުގައި ނައިވާދޫ ޓީމުގެ މުހައްމަދު ޝާއިން ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. […]

ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި
Thiladhunmathi News

ގޯލްޑަން ފުޓްސަލް: ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫ ފެށުން ރަނގަޅުކޮށްފި

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ހދ.އަތޮޅުގެ މެޗުތައް ކުރިއަށްދިޔައިރު ހަނިމާދޫ، މަކުނުދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނެއްލައިދޫއިން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ ހަނިމާދޫއިން ވަނީ ފަސޭހަކަމާއިއެކު ފިނޭގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު ހަނިމާދޫއިން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދިނީ އަބޫބަކުރު ސިއްދީގު، ހުޒާމް އަބްދުއްރަހީމް، ނައުފަލް އަބ...

ގޯލްޑަން ފުޓްސަލް: މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރު ފެށީ މޮޅަކުން
Thiladhunmathi News

ގޯލްޑަން ފުޓްސަލް: މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރު ފެށީ މޮޅަކުން

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު، ހއ.އަތޮޅުގެ ފުރަތަމަ ބުރުގައި މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރުން ކުޅުން މެޗުތައް ކާމިޔާބުކުރި އިރު ބާރަށާއި ދިއްދޫ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަހަރު ހއ. އަތޮޅުން ވަނީ 12 ޓީމަކުން ބައިވެރިވެފައެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ހަތަރު ގްރޫޕުގެ ތެރެއިން އެންމެ މޮޅު 8 ޓީމު […]

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ގިނަ ޓީމް ބައިވެރިވެފައި ވަނީ ބޮޑުތިލަދުންމަތިން
Thiladhunmathi News

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ގިނަ ޓީމް ބައިވެރިވެފައި ވަނީ ބޮޑުތިލަދުންމަތިން

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖް 2024” ގައި ބޮޑު ތިލަދުންމަތިން 29 ޓީމް ބައިވެރި ވެއްޖެއެވެ. މި މުބާރާތުގައި ހއ، ހދ އަދި ށ، މި ތިން އަތޮޅުން ޖުމްލަ 29 ރަށަކުން ވަނީ ބައިވެރިވެފައެވެ. ހއ އަތޮޅުން 12 ރަށަކުން މި މުބާރާތުގައި ވާދަކުރެއެވެ. އެ ރަށްތަކަކީ ހޯރަފުށި، ބާރަށް، ކެލާ، އިހަވަންދޫ، އުތީމް، ވަށަފަރު، މާރަންދޫ، މުރައިދޫ، ފިއްލަދޫ، ދިއްދޫ، ތަކަންދޫގެ އިތުރުން ތުރާކުނެވެ. […]

އަތޮޅާއި ޒޯންގެ ތަށި ކާމިޔާބުކުރި ނައިވާދޫ ޓީމަށް އެ ރަށުން ހޫނު މަރުހަބާއެއް
Thiladhunmathi News

އަތޮޅާއި ޒޯންގެ ތަށި ކާމިޔާބުކުރި ނައިވާދޫ ޓީމަށް އެ ރަށުން ހޫނު މަރުހަބާއެއް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023″ ގެ ހދ އަތޮޅުގެ ޗެމްޕިއަންކަމާއި، ޒޯން 1 ގެ ޗެމްޕިއަންކަން ހޯދި ހދ ނައިވާދޫ ފުޓްސަލް ޓީމް މިއަދު އެ ރަށަށް ދިޔުމެން ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ނައިވާދޫ ފުޓްސަލް ޓީމް މިއަދު ހަވީރު އެ ރަށަށް ގޮސްފައިވާއިރު ޓީމަށް މަރުހަބާ ކިޔުމަށްޓަކައި އެ ރަށުގެ ކުދިބޮޑު އެންމެން ވަނީ ބަނދަރައް ނުކުމެފައެވެ. ނައިވާދޫ ޓީމް ރަށަށް ބާލާފައި ވަނީ ވެސް ރަތް ދޫލަމަތީގައެވެ. މީގެ […]

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން 1 ގެ ޗެމްޕިއަންކަން ނައިވާދޫއަށް
News

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން 1 ގެ ޗެމްޕިއަންކަން ނައިވާދޫއަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023” ގެ ޒޯން 1 ގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައިފިއެވެ. ޒޯން 1 ގެ ފައިނަލު މެޗު މިރޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނުއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ހދ.އަތޮޅުގެ ޗެމްޕިއަން ނައިވާދޫއާއި ށ.އަތޮޅުގެ ރަނަރަޕް ކަނޑިތީމެވެ. ފައިނަލް މެޗު ނައިވާދޫއިން ކާމިޔާބު ކޮށްފައި ވަނީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖަހާފައި ވަނީ […]

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޕެނަލްޓީގައި ކުރި ހޯދައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އަށް
Thiladhunmathi News

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޕެނަލްޓީގައި ކުރި ހޯދައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023″ގެ އަތޮޅުގެ ޗެމްޕިއަންކަން ށ. ފޯކައިދޫގެ ފޯކައިދޫ އެފްސީ ހޯދައިފިއެވެ. ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު ރޭ ކުޅުނު ށ. އަތޮޅުގެ ފައިނަލް މެޗުގައި ފޯކައިދޫ އާއި ބައްދަލު ކުރީ ކަނޑިތީމެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖެހީ ކަނޑިތީމުންނެވެ. އެ ލަނޑު ޖަހައިދިނީ އެ ޓީމުގެ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ. އެ ގޯލަށްފަހު ފޯކައިދޫގެ ހުސައިން ފަޒީލް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަަމަހަމަކޮށްފައެވެ. މެޗުގެ […]

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫއަށް
Thiladhunmathi News

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫއަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023” ގެ ހދ އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައިފިއެވެ. މިރޭ ހދ އަތޮޅު ފައިނަލް މެޗު ރެހެންދި ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ނައިވާދޫއާއި ނޭކުރެންދޫއެވެ. މި މެޗު ނައިވާދޫއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވެސް އަވަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނައިވާދޫ ޓީމަށް، މެޗުގެ 10 […]

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ. އަތޮޅުގެ ޗެމްޕިއަންކަން އުތީމަށް
Thiladhunmathi News

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ. އަތޮޅުގެ ޗެމްޕިއަންކަން އުތީމަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023” ގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އުތީމް ހޯދައިފިއެވެ. މިރޭ ހއ އަތޮޅު ފައިނަލް މެޗު ރެހެންދި ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އުތީމާއި ފިއްލަދޫއެވެ. މި މެޗު އުތީމުން ވަނީ 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އެ އަތޮޅުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދާފައެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ފިއްލަދޫންނެވެ. […]

ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ނާވައިދޫ، ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފި
Thiladhunmathi News

ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ނާވައިދޫ، ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓުސަލް ޗެލެންޖް 2022 ގައި އިހަވަންދޫ، ނާވައިދޫ، އަދި ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ. ހއ. އަތޮޅު ޗެމްޕިއަންކަން އިހަވަންދޫ ހޯދީ ފައިނަލްގައި 2-0 ގެ ނަތީޖާއިން ހޯރަފުށި މަށްޗައް ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ގޯލް ޖަހައިދީފަވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސުހައިލް އެވެ. ދެވަނަ ގޯލް އިހަވަންދޫއަށް ޖަހައިދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި ނަޝީދު އެވެ. މި ގޯލް ނަޝީދު ޖަހާފައިވަނީ ކައުންޓައެޓޭކެއްގައި އަރިމަތިން ހާމިދު […]

ކުމުންދޫ ކޮޅަށް 22 ލަނޑު ޖަހައި ނައިވާދޫ ފައިނަލަށް
Sports

ކުމުންދޫ ކޮޅަށް 22 ލަނޑު ޖަހައި ނައިވާދޫ ފައިނަލަށް

ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ނާވައިދޫއިން ކުމުންދޫ ލަދުގަންނަވާލައި، ކުމުންދޫ ކޮޅަށް 22 ގޯލް ޖަހައިފިއެވެ. މި މެޗްގައި ކުމުންދޫއަށް ޖެހިފައިވަނީ 2 ގޯލްއެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު މި ގްރޫޕްގެ އަނެއް މެޗުން ނޭކުރެންދޫ އިން ފިނޭގެ މައްޗައް ކުރި ހޯދީ 10-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕް އިން ފައިނަލަށް ގޮސްފައިވަނީ ނާވައިދޫ އެވެ. ނޭކުރެންދޫ އަދި ނާވައިދޫއަށް ވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ނާވައިދޫއަށް […]

ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލާ ގާތަށް
Sports

ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލާ ގާތަށް

ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ކުޅުނު މެޗުތަކުން މޮޅުވެ ފައިނަލާގާތަށް ޖެހިލައިފިއެވެ. ރޭގެ މެޗްތަކުގައި މަކުނުދޫގެ މައްޗަށް ވައިކަރަދޫ އިން ކުރިހޯދީ 3-2 އިންނެވެ.  އަދި އިހަވަންދޫ އިން ވަނީ 1-0 އިން ކެލާ ބަލިކޮށްފަ އެވެ. ކަނޑިތީމުން ގޮއިދޫ ބަލިކުރީ 3-0 އިންނެވެ. ނެއްލައިދޫ އަތުން ކުޅުދުއްފުށި މޮޅުވީ 3-1 އިންނެވެ. އަދި މަރޮށިން ވަނީ 4-3 އިން […]

ގޯލްޑަން ފުޓުސަލް ޗެލެންޖު: ހދ. އަތޮޅު ގުރޫޕް 1 ގެ ފޯރިގަދަވެ 3 ޓީމަކުން ފައިނަލް ޖާގައަށް ވާދަކުރަނީ
Thiladhunmathi News

ގޯލްޑަން ފުޓުސަލް ޗެލެންޖު: ހދ. އަތޮޅު ގުރޫޕް 1 ގެ ފޯރިގަދަވެ 3 ޓީމަކުން ފައިނަލް ޖާގައަށް ވާދަކުރަނީ

ސޮނީސްޕޯރޓްސް ގޯލްޑަން ފުޓުސަލް ޗެލެންޖް ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކަށްފަހު ހދ. އަތޮޅު ގްރޫޕް 1 ގައި 3 ޓީމަކަށް ފައިނަލަށް ދިއުމުގެ ފުރުސަތު ފަހިވެއްޖެއެވެ. ނޭކުރެންދޫ އަދި ނާވައިދޫ އަށް އަމިއްލަ ބާރުގައި ފައިނަލަށް ދިއުމުގެ ފުރުސަތު އޮތްއިރު ފިނޭއަށް ވަނީ އަމިއްލަބާރު ގެއްލިފައެވެ. ކުމުންދޫ ކުޅުނު 2 މެޗްއިންބަލިވެ ފައިނަލްގެ ފުރުސަތު ވަނީ ގެއްލިފައެވެ. މި ގްރޫޕްގައި ހޯމަދުވަހުގެރޭ ކުޅުނު މެޗްތަކުން ނާވައިދޫ އަދި ނޭކުރެންދޫ ވަނީ މޮޅުވެފައެވެ. ފުރަތަމަ ކުޅުނު މެޗުން ފިނޭގެ […]

ގޯލަޑަން ފުޓުސަލް ޗެލެންޖު: އިހަވަންދޫ، ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫއަށް މޮޅެއް
Thiladhunmathi News

ގޯލަޑަން ފުޓުސަލް ޗެލެންޖު: އިހަވަންދޫ، ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫއަށް މޮޅެއް

ސްނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި 2 ވަނަ ރޭ ކުޅުނު މެޗުތަކުން ހއ. އިހަވަންދޫ، ހދ. ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫ ވެސް ކުޅުނު މެޗްކާމިޔާބު ކޮށްފި އެވެ. ރޭ ހއ އަތޮޅުގެ 2 މެޗެއް ކުޅެފައިވާއިރު މުރައިދޫ ކެލާ ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއަކުންވަނީ އެއްވަރުވެފަވާއިރު 3-2 ގެ ނަތީޖާއިން ބާރަށް މައްޗަށް އިހަވަންދޫ ވަނީ ކުރިހޯދާފައެވެ. ހދ.އަތޮޅުގެ 2 މެޗު ކުޅެފައިވާއިރު 4-3 ގެ ނަތީޖާއިން މަކުނުދޫވަނީ ނެއްލައިދޫ ބަލިކޮށްފައެވެ. ދެވަނަ […]