މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023" ގެ ހދ އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައިފިއެވެ.

މިރޭ ހދ އަތޮޅު ފައިނަލް މެޗު ރެހެންދި ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ނައިވާދޫއާއި ނޭކުރެންދޫއެވެ. މި މެޗު ނައިވާދޫއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ވެސް އަވަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނައިވާދޫ ޓީމަށް، މެޗުގެ 10 ވަނަ މިނެޓުގައި ޖަހައިދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 97، އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ނައިވާދޫ ޓީމްގެ ޝާއްޕެ ހޮވުނުއިރު، ހަތް ލަނޑު ޖަހައިގެން މުބާރާތު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވެސް ހޮވިފައި ވަނީ ޝާއްޕެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ޝާއްޕެއެވެ.

މި މުބާރާތުގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އުތީމެވެ.