ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގައި ބޮޑު ތިލަދުންމަތިން 29 ޓީމް ބައިވެރި ވެއްޖެއެވެ.

މި މުބާރާތުގައި ހއ، ހދ އަދި ށ، މި ތިން އަތޮޅުން ޖުމްލަ 29 ރަށަކުން ވަނީ ބައިވެރިވެފައެވެ. ހއ އަތޮޅުން 12 ރަށަކުން މި މުބާރާތުގައި ވާދަކުރެއެވެ. އެ ރަށްތަކަކީ ހޯރަފުށި، ބާރަށް، ކެލާ، އިހަވަންދޫ، އުތީމް، ވަށަފަރު، މާރަންދޫ، މުރައިދޫ، ފިއްލަދޫ، ދިއްދޫ، ތަކަންދޫގެ އިތުރުން ތުރާކުނެވެ.

Ad
rt

ހދ އަތޮޅުން މި މުބާރާތުގައި ވާދަކުރަނީ 11 ރަށުންނެވެ. އެ ރަށްތަކަކީ ކުޅުދުއްފުށި، ހަނިމާދޫ، ނައިވާދޫ، ނެއްލައިދޫ، ނޭކުރެންދޫ، ނޮޅިވަރަންފަރު، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ، މަކުނުދޫގެ އިތުރުން ފިނޭއެވެ.

ށ އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައި ވަނީ 6 ރަށަކުންނެވެ. އެ ރަށްތަކަކީ ޅައިމަގު، ކަނޑިތީމް، މަރޮށި، ފީވަށް، ފޭދޫގެ އިތުރުން ފޯކައިދޫއެވެ.

ކުރިއަށްއޮތް މުބާރާތުގައި މުޅި ރާއްޖެއިން 129 ޓީމަކުން ވާދަކުރެއެވެ. މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުއެވެ.