ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ނައިވާދޫއިން ކާމިޔާބުކޮށްފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ނައިވާދޫއިން ހޯދައިފިއެވެ. ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުން ނައިވާދޫ ވަނީ 3-0 ގެ ނަތީޖާއިން ނޭކުރެންދޫ ބަލިކޮށްފައެވެ. މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ނައިވާދޫއިން ވަނީ ފައިނަލް މެޗުގައި ވެސް އެ ޓީމްގެ މޮޅު ކުޅުން ތަކުރާރުކޮށްފައެވެ. އެ ޓީމަށް މެޗުގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު […]