"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު، ހއ.އަތޮޅުގެ ފުރަތަމަ ބުރުގައި މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރުން ކުޅުން މެޗުތައް ކާމިޔާބުކުރި އިރު ބާރަށާއި ދިއްދޫ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

މިއަހަރު ހއ. އަތޮޅުން ވަނީ 12 ޓީމަކުން ބައިވެރިވެފައެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ހަތަރު ގްރޫޕުގެ ތެރެއިން އެންމެ މޮޅު 8 ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އިރު، އަތޮޅު ޗެމްޕިއަންކަން ޔަގީންކުރާނީ ސެމީ ފައިނަލްގެ ދެމެޗަށްފަހު ފައިނަލް މެޗެއް ކުޅެގެންނެވެ.

Ad
rt

ރޭ މާރަންދޫއާއި ފިއްލަދޫ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކުރީ މާރަންދޫއިންނެވެ. މި މެޗުގައި މާރަންދޫއަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު އާދިލް، މުހައްމަދު ތަހުސީންގެ އިތުރުން އަހްމަދު މުހައްމަދެވެ.

އިހަވަންދޫއާއި މުރައިދޫ ބައްދަލުކުރި މެޗު އިހަވަންދޫއިން ވަނީ 5-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މި މެޗުގައި އިހަވަންދޫގެ އިބްރާހީމް ހާމިދު ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން އެ ޓީމަށް ލަނޑުތައް ޖަހައިދިނީ އަހްމަދު ސާޖިދުގެ އިތުރުން ހަސަން ޝާމިލްއެވެ.

ހޯރަފުށިން ވަނީ ބޮޑު ތަފާތަކުން ތަކަންދޫ ބަލިކޮށްފައެވެ. މި މެޗު ހޯރަފުށިން ކާމިޔާބުކުރީ 6-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ހޯރަފުށި ޓީމްގެ ޔާމިން ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ދެން އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ހަސަން އިރުޝާދް، އަހްމަދު ޒިދާންގެ އިތުރުން އަބްދުﷲ އެވެ. ތަކަންދޫގެ ލަނޑުތައް ޖެހީ ޖާދުﷲ އަހްމަދުގެ އިތުރުން މުހައްމަދު ހަސަން އެވެ.

އުތީމާއި ތުރާކުނު ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރީ އުތީމުންނެވެ. މި މެޗުގައި އުތީމަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ރިފާއު، މުހައްމަދު ނަބީލްގެ އިތުރުން ތޯހާ މުހައްމަދެވެ. ތުރާކުނުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހްމަދެވެ.

ވަށަފަރާއި ދިއްދޫ ބައްދަލުކުރި މެޗު ކާމިޔާބުކުރީ ވަށަފަރުންނެވެ. މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ވަށަފަރުގެ ޝާޖިދު ރަޝީދު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިނީ އަލީ ޔަޒްދާން އެވެ. ދިއްދޫގެ ހަމައެކަނި ލަނޑި ޖަހައިދިނީ ފާއިގް އަހްމަދެވެ.

ރޭ ބާރަށާއި ކެލާ ބައްދަލު ކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ބާރަށަށް ލަނޑު ޖަހައިދިނީ އަހްމަދު ފައިޒާންއެވެ. ކެލާއަށް ލަނޑު ޖަހައިދިނީ އަބްދުﷲ އިހްސާން އެވެ.

މި މުބާރާތުގައި މިރޭ ހދ.އަތޮޅުގެ ފުރަތަމަ ބުރުގައި ފަސް މެޗެއް ކުޅޭނެއެވެ. 20:00 ގައި ދެ މެޗެއް ކުޅޭނެއެވެ. އެއީ ހަނިމާދޫއާއި ފިނޭ ބައްދަލުކުރާ މެޗާއި ވައިކަރަދޫއާއި މަކުނުދޫ ބައްދަލުކުރާ މެޗެވެ. 21:00 ގައި ފަށާ ދެ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރު އަދި ވައިކަރަދޫއާއި ނައިވާދޫއެވެ. 22:00 ގައި ނެއްލައިދޫ ނުކުންނާނީ ނޮޅިވަރަމާއި ދެކޮޅަށެވެ.