އަތޮޅާއި ޒޯންގެ ތަށި ކާމިޔާބުކުރި ނައިވާދޫ ޓީމަށް އެ ރަށުން ހޫނު މަރުހަބާއެއް

44D954B0-6332-4BEC-809C-4F20C791006A

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023" ގެ ހދ އަތޮޅުގެ ޗެމްޕިއަންކަމާއި، ޒޯން 1 ގެ ޗެމްޕިއަންކަން ހޯދި ހދ ނައިވާދޫ ފުޓްސަލް ޓީމް މިއަދު އެ ރަށަށް ދިޔުމެން ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ނައިވާދޫ ފުޓްސަލް ޓީމް މިއަދު ހަވީރު އެ ރަށަށް ގޮސްފައިވާއިރު ޓީމަށް މަރުހަބާ ކިޔުމަށްޓަކައި އެ ރަށުގެ ކުދިބޮޑު އެންމެން ވަނީ ބަނދަރައް ނުކުމެފައެވެ. ނައިވާދޫ ޓީމް ރަށަށް ބާލާފައި ވަނީ ވެސް ރަތް ދޫލަމަތީގައެވެ.

މީގެ އިތުރުން ބަނދަރުމަތީގައި ތައްޓާއިއެކު ފޮޓޯ ނެގުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު، ރައްޔިތުންގެ ފަރާތުން ޓީމަށް ހާއްސަ ސައެއް ވެސް ބަނދަރުގައި ވަނީ ބާއްވާފައެވެ.

މީގެއިތުރުން މިރޭ ވަނީ ނައިވާދޫގެ ރައްޔިތުންގެ ފަރާތުންދޭ ހާއްސަ ކެއުމަކާއިއެކު ނައިވާދޫ ކައުންސިލަށް ތަށި ހަވާލުކުރުމަށް ވެސް ހާއްސަ އިވެންޓެއް ބާއްވާފައެވެ.

ނައިވާދޫ ޓީމް މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހޯދި ބޮޑު ކާމިޔާބާއިއެކު އެ ރަށަށް ވަނީ އެއްބައިވަންތަކަމާއި އުފާވެރިކަން ގެނުވާފައެވެ.

ނައިވާދޫ ފުޓްސަލް ޓީމް ހދ.އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ފައިނަލް މެޗުގައި 1-0 ގެ ނަތީޖާއިން ނޭކުރެންދޫ ބަލިކޮށްގެންނެވެ. އަދި ޒޯން 1 ގެ ތަށި ނައިވާދޫ ޓީމުން ކާމިޔާބު ކޮށްފައި ވަނީ ފައިނަލުގައި 6-2 ގެ ނަތީޖާއިން ކަނޑިތީމް ބަލިކޮށްގެންނެވެ. ނައިވާދޫއަކީ ތިލަދުންމަތީގެ އެންމެ ކާމިޔާބު ފުޓްސަލް ޓީމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި