ތަށި ގެނެސްދިން ޓީމަށް ނައިވާދޫ ރައްޔިތުންގެ ލޯބި ބަންޑުންކޮށްލައިފި
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލި ހދ. ނައިވާދޫގެ ޓީމު އިއްޔެ އެރަށަށް ދިޔުމުން ރައްޔިތުންގެ ލޯބި ޓީމަށް ބަންޑުންކޮށްލައިފިއެވެ. އެއް ފްލައިޓަކުން ޓީމަށް ޖާގަ ނުލިބުމުން އިއްޔެ ޓީމު ދަތުރުކުރީ ދެ ފްލައިޓަކުންނެވެ. އެއީ ހަނިމާދޫ މަގުންނާއި ކުޅުދުއްފުށީ ސިޓީ މަގުންނެވެ. މެންދުރެއްހާއިރު ފުރަތަމަ ފްލައިޓްގައި ޓީމު ދަތުރުކުރި ކުޅުންތެރިން ތަށި ހިފައިގެން ދިޔައީ ފިނެއަށެވެ. ދެވަނަ ފްލައިޓްގައި އައި ކުޅުންތެރިން ވެސް ފިނޭން ވަނީ ޓީމާއި ގުޅިފައެވެ. ޓީމު ނައިވާދޫ […]