ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައި 8 ވަނަ ފަހަރަށް އެ ތަށި ހޯދައިފިއެވެ.
ނައިވާދޫ ހދ. ފުޓްސަލް ކިންގްގެ މަގާމު ދެމެހެއްޓީ މިރޭ ކުޅުނު ފައިނަލްގައި ނޮޅިވަރަންފަރު 4-2 އިން ބަލިކޮށްގެންނެވެ.
ނައިވާދޫ މި މުބާރާތަށް ނުކުތީ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ގައުމީ ފުޓްސަލް ޓީމުގައި ރާއްޖެ ތަމްސީލްކުރަން ދިޔުމުން އެ ކުޅުންތެރިން ނުލައެވެ. އެއީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ގޯލްކީޕަރ ނާޖިހް އެވެ.
މިރޭގެ ފައިނަލްގައި ނައިވާދޫ އަށް ލަނޑުތައް ޖަހައިދިނީ ހުސައިން މައިޝަން އަދި މުހައްމަދު އަސްލަމް (މޯންޑޭ) އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވެސް ދެ ލަނޑު ޖަހައިދިނެވެ.
ނޮޅިވަރަންފަރަށް ލަނޑުތައް ޖަހައިދިނީ އަކުރަމް އަބުދުއްރަޝީދު އަދި މުހައްމަދު ރިޒާ އެވެ.
ފައިނަލް މެޗުގެ މޭން އޮފް ދަ މެޗު އަކީ ނައިވާދޫގެ މައިޝަން އެވެ. އަދި ހދ. އަތޮޅުގެ ބެސްޓް ޕްލޭޔަރކަން ހޯދީ ވެސް މައިޝަން އެވެ.
ނައިވާދޫ ވަނީ މި މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!