އެލްޖީއޭގެ ހުއްދައެއް ނެތި ކައުންސިލްތަކަށް މުވައްޒަފުން ނެގުން މަނާކޮށްފި
ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް އެ އިދާރާއިން ކައުންސިލުތަކަށް އަންގަން ފަށައިފިއެވެ. މިގޮތަށް އަންގަން ފަށާފައިވަނީ އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުވަން ފަށާފައިވާ ސިޓީތަކެއްގައެވެ. އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވަނީ، މިއީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ...