ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި ރާއްޖޭގެ އެއްވަނަ ކައުންސިލްގެ މަގާމު ޖެހިޖެހިގެން ތިންވަނަ ފަހަރަށް އއ. ބޮޑުފޮޅުދޫ ކައުންސިލަށް ލިބިއްޖެއެވެ.
2021، 2022 ވަނަ އަހަރު ވެސް އެ މަގާމު ހޯދައި، ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްއިން ގަދަހަމާންތީގެ 1 ވަނަ ދަރަޖަ ބޮޑުފޮޅުދޫ ކައުންސިލުން ދިފާއު ކުރިއިރު، 2022 ވަނަ އަހަރު އެއްވަނަ އަތޮޅު ކައުންސިލަކީ ފ. އަތޮޅު ކައުންސިލެވެ. 2021 ވަނަ އަހަރު އެއްވަނަ އަތޮޅު ކައުންސިލަކީ ށ. އަތޮޅު ކައުންސިލެވެ.
އެލްޖީއޭ އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮތީ ރޭ މާލޭގެ ދަރުބާރުގޭގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.
2021 ވަނަ އަހަރު އެންމެ ރަނގަޅު 1،2،3 ވަނަ ރަށު/އަތޮޅު ކައުންސިލްތައް
- 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްއިން ގަދަހަމާންތި 1 ވަނަ ދަރަޖަ ހޯދި އަތޮޅު ކައުންސިލް: މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އަތޮޅު ކައުންސިލް،
- 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްއިން ރަނަހަންމާތިގެ 1 ވަނަ ދަރަޖަ ހޯދި ރަށު ކައުންސިލް: އއ. ބޮޑުފޮޅުދޫ ކައުންސިލް
- 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ގަދަހަމާންތީގެ 2 ވަނަ ދަރަޖަ ހޯދި އަތޮޅު ކައުންސިލް: ނިލަދެން އަތޮޅު އުތުރުބުރި (ފ. އަތޮޅު) އަތޮޅު ކައުންސިލް،
- 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ރަނަހަންމާތިގެ 2 ވަނަ ދަރަޖަ ހޯދި ރަށު ކައުންސިލް: މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) ފެހެންދޫ ކައުންސިލް
- 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ގަދަހަމާންތިގެ 3 ވަނަ ދަރަޖަ ހޯދި އަތޮޅު ކައުންސިލް: ހައްދުންމަތި އަތޮޅު (ލ. އަތޮޅު) ކައުންސިލް،
- 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ރަނަހަންމާތިގެ 3 ވަނަ ދަރަޖަ ހޯދި ރަށު ކައުންސިލް ތިލަދުންމަތީ އުތުރުބުރި (ހއ. އަތޮޅު) ތުރާކުނު ކައުންސިލް
2022 ވަނަ އަހަރު އެންމެ ރަނގަޅު 1،2،3 ވަނަ ރަށު/އަތޮޅު ކައުންސިލްތައް
- 2022 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ގަދަހަމާންތި 1 ވަނަ ދަރަޖަ ހޯދި އަތޮޅު ކައުންސިލް: ނިލަދެން އަތޮޅު އުތުރު ބުރި (ފ. އަތޮޅު) އަތޮޅު ކައުންސިލް
- 2022 ވަނަ އަހަރު ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ރަނަހަންމާތި 1 ވަނަ ދަރަޖަ ހޯދި ރަށު ކައުންސިލް: ބޮޑުފޮޅުދޫ ކައުންސިލް (ޖެހިޖެހިން 3 ވަނަ އަހަރު)
- 2022 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ގަދަހަމާންތި 2 ވަނަ ދަރަޖަ ހޯދި އަތޮޅު ކައުންސިލް: މާޅޮސްމަޑުލު ދެކުނު ބުރި (ބ. އަތޮޅު) އަތޮޅު ކައުންސިލް،
- 2022 ވަނަ އަހަރު ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ރަނަހަންމާތި 2 ވަނަ ދަރަޖަ ހޯދި ރަށު ކައުންސިލް: ބ. ފެހެންދޫ ކައުންސިލް
- 2022 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ގަދަހަމާންތި 3 ވަނަ ދަރަޖަ ހޯދި އަތޮޅު ކައުންސިލް: ހައްދުންމަތި އަތޮޅު (ލ. އަތޮޅު) ކައުންސިލް،
- 2022 ވަނަ އަހަރު ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ރަނަހަންމާތި 3 ވަނަ ދަރަޖަ ހޯދި ރަށު ކައުންސިލް: އަރިއަތޮޅު އުތުރުބުރި ފެރިދޫ ކައުންސިލް
ކާންނާ އެވޯޑް 2021
ކާންނާ ހަނދާނީ ފިލާ ނުވަތަ ކާންނާ އެވޯޑަކީ ވޭތުވެ ދިޔަ އަހަރުގެ ރޭންކިން އާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަތޮޅު/ރަށު ކައުންސިލަކަށް ދެވޭ އެވޯޑެކެވެ.
ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސް އިން ފާއިތުވި އަހަރުގެ ނަތީޖާ އަޅާބަލާއިރު އެންމެ ބޮޑު ކުރި އެރުމެއް ހޯދައި، 2021 ވަނަ އަހަރު ކާންނާ އެވޯޑް ހާސިލްކުރި އަތޮޅު ކައުންސިލަކީ މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) ކައުންސިލެވެ. އަދި އެ އަހަރުގެ ކާންނާ އެވޯޑު ހޯދި ރަށު ކައުންސިލަކީ މާޅޮސް މަޑުލު ދެކުނުބުރި (ބ. އަތޮޅު) ކަމަދޫ ކައުންސިލް އެވެ.
ކާންނާ އެވޯޑް 2022
ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސް އިން ފާއިތުވި އަހަރުގެ ނަތީޖާއާއި އަޅާބަލާއިރު އެންމެ ބޮޑު ކުރި އެރުމެއް ހޯދައި 2022 ވަނަ އަހަރު ކާންނާ އެވޯޑް ހާސިލްކުރާ އަތޮޅު ކައުންސިލަކީ މާޅޮސް މަޑުލު ދެކުނު ބުރި (ބ. އަތޮޅު) އަތޮޅު ކައުންސިލެވެ. އެ އަހަރު އެ އެވޯޑު ހޯދި ރަށު ކައުންސިލަކީ މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) ނޫމަރާ ކައުންސިލެވެ.
މާރަދަ އެވޯޑު 2021
މާރަދަ ހަނދާނީ ފިލާ ނުވަތަ މާރަދަ އެވޯޑަކީ ވޭތުވެ ދިޔަ އަހަރުގެ ރޭންކިން އާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަތޮޅު/ރަށު ކައުންސިލަކަށް ދެވޭ އެވޯޑެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންމުމުގެ ގާނޫނަށް ޢަމަލުކުރާ މިންވަރު ދައްކައިދޭ ސަބް އިންޑެކްސް 1 ވަނަ ހޯދައި 2021 ވަނަ އަހަރު މާރަދަ އެވޯޑު ހާސިލްކުރި އަތޮޅު ކައުންސިލަކީ ތިލަދުންމަތީ އުތުރުބުރި އަތޮޅު ކައުންސިލް (ހއ. އަތޮޅު) އަތޮޅު ކައުންސިލެވެ. އެ އަހަރު އެ އެވޯޑު ހޯދި ރަށު ކައުންސިލަކީ ފާދިއްޕޮޅު (ޅ. އަތޮޅު) ކުރެންދޫ ކައުންސިލެވެ.
އެއަހަރު އިފެކްޓިވްނަސް ސަބް އިންޑެކްސްއިން 1 ވަނަ ހޯދައި މާރަދަ އެވޯޑު ހާސިލްކުރި އަތޮޅަކީ މިލަދުންމަޑުލު އުތުރުބުރި (ށ) އަތޮޅު ކައުންސިލެވެ. އަދި އެ އަހަރު އެ އެވޯޑު ހޯދި ރަށު ކައުންސިލަކީ މާޅޮސް މަޑުލު ދެކުނުބުރި (ބ. އަތޮޅު) ފެހެންދޫ ކައުންސިލެވެ.
2021 ވަނަ އަހަރު ޕާޓިސިޕޭޝަން އިންޑެކްސްއިން 1 ވަނަ ހޯދާ މާރަދަ އެވޯޑު ހޯފދި އަތޮޅު ކައުންސިލަކީ، ނިލަދެން އަތޮޅު އުތުރު ބުރި (ފ. އަތޮޅު) އަތޮޅު ކައުންސިލެވެ. ރަށު ކައުންސިލަކީ، އަރިއަތޮޅު ދެކުނު ބުރި، ބޮޑުފޮޅުދޫ ކައުންސިލެވެ.
އެއަހަރު އެކައުންޓަބިލިޓީ ސަބް އިންޑެކްސްއިން 1 ވަނަ ހޯދައި، މާރަދަ އެވޯޑު ހާސިލުކުރީ މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އަތޮޅު ކައުންސިލެވެ. ރަށު ކައުންސިލަކީ ކޮޅުމަޑުލު (ތ. އަތޮޅު) ބުރުނި ކައުންސިލެވެ.
އެ އަހަރު ސެކިއުރިޓީ ސަބް އިންޑެކްސްއިން 1 ވަނަ ހޯދައި، މާރަދަ އެވޯޑު ހާސިލުކުރި އަތޮޅު ކައުންސިލަކީ މިލަދުން މަޑުލު ދެކުނު ބުރި (ނ. އަތޮޅު) އަތޮޅު ކައުންސިލެވެ. ރަށު ކައުންސިލަކީ، މާޅޮސްމަޑުލު އުތުރު ބުރި (ރ. އަތޮޅު) ހުޅުދުއްފާރު ކައުންސިލެވެ.
މާރަދަ އެވޯޑު 2022
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ޢަމަލުކުރާ މިންވަރު ދައްކައިދޭ ސަބް އިންޑެކްސް 1 ވަނަ ހޯދައި މިއަހަރު މާރަދަ އެވޯޑު ހާސިލްކުރި އަތޮޅު ކައުންސިލަކީ ތިލަދުންމަތީ އުތުރުބުރި އަތޮޅު ކައުންސިލް (ހއ. އަތޮޅު) އެވެ. ރަށު ކައުންސިލަކީ މުލަކު އަތޮޅު (މ. އަތޮޅު) ކޮޅުފުށީ ކައުންސިލެވެ.
މިއަހަރު އިފެކްޓިވްނަސް ސަބް އިންޑެކްސްއިން 1 ވަނަ ހޯދައި މާރަދަ އެވޯޑު ހާސިލްކުރި އަތޮޅު ކައުންސިލަކީ ނިލަދެން އަތޮޅު އުތުރުބުރި (ފ. އަތޮޅު) އަތޮޅު ކައުންސިލެވެ. ރަށު ކައުންސިިލަކީ އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫ ކައުންސިލް އެވެ.
ޕާޓިސިޕޭޝަން އިންޑެކްސްއިން 1 ވަނަ ހޯދާ މާރަދަ އެވޯޑު މިއަހަރު ހޯދި އަތޮޅު ކައުންސިލަކީ، މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އަތޮޅު ކައުންސިލެވެ. އަދި ރަށު ކައުންސިލަކީ އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫ ކައުންސިލެވެ.
މި އަހަރު އެކައުންޓަބިލިޓީ ސަބް އިންޑެކްސްއިން 1 ވަނަ ހޯދައި، މާރަދަ އެވޯޑު ހާސިލުކުރީ މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އަތޮޅު ކައުންސިލެވެ. އަދި ރަށު ކައުންސިލަކީ އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫ ކައުންސިލެވެ.
މި އަހަރު ސެކިއުރިޓީ ސަބް އިންޑެކްސްއިން 1 ވަނަ ހޯދައި، މާރަދަ އެވޯޑު ހޯދި އަތޮޅު ކައުންސިލަކީ ނިލަދެން އަތޮޅު އުތުރު ބުރި (ފ. އަތޮޅު) އަތޮޅު ކައުންސިލެވެ. ރަށު ކައުންސިލަކީ އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫ ކައުންސިލެވެ.
ލޯކަލް ކައުންސިލް ޕާފޯމެންސް މިންކުރުމުގައި ސިޓީ ކައުންސިލްގެ ޕާފޯމެންސް މިންކޮށް މިހާތަނަށް އެވޯޑު ތައާރަފުކޮށްފައިނުވާއިރު، ކުރިމަގުގައި ސިޓީ ކައުންސިލްތައް ވެސް ރޭންކް ކުރެވޭނެކަމަށް ރޭ އެލްޖީއޭއިން ވަނީ ބުނެފައެވެ.
ނަމަވެސް ސިޓީ ކައުންސިލްތަކުން 2021 އަދި 2022 ވަނަ އަހަރު ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލަށާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލް، އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް ވަނީ ހިރަހަމާތި ދަރަޖަ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!