ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި ތިންވަނަ އަށް އެންމެ ރަނގަޅު ކައުންސިލަކަށް ހއ. ތުރާކުނު ކައުންސިލް އަދި ށ. ނޫމަރާ ކައުންސިލަށް ކާންނާ އެވޯޑު ލިބިއްޖެއެވެ.

މި އެ ވޯޑްތައް އެ ކައުންސިލަށް ދީފައި ވަނީ ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައެވެ.

Ad
rt

މިގޮތުން ތުރާކުނު ކައުންސިލަށް ލިބިފައި ވަނީ 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން އެންމެ ރަނގަޅު ތިންވަނަ ކައުންސިލްގެ ރަނަހަންމާތި ދަރަޖައެވެ.

ރަނަހަންމާތި ދަރަޖައަކީ ރަށު ކައުންސިލްތަކުގެ ތެެރެއިން 1،2،3 ވަނަ ހޯދާ ކައުންސިލްތަކަށް ދޭ ދަރަޖެއެވެ.

މީގެ އިތުރުން ށ. އަތޮޅު ނޫމަރާ ކައުންސިލަށް ވަނީ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސް އިން ފާއިތުވި އަހަރުގެ ނަތީޖާއާއި އަޅާބަލާއިރު އެންމެ ބޮޑު ކުރި އެރުމެއް ހޯދައި 2022 ވަނަ އަހަރުގެ ކާންނާ އެވޯޑް ލިބިފައެވެ.

ކާންނާ އެވޯޑަކީ ވޭތުވެ ދިޔަ އަހަރުގެ ރޭންކިން އާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަތޮޅު/ރަށު ކައުންސިލަކަށް ދެވޭ އެވޯޑެކެވެ.

މި އެވޯޑުތަކުން ކުރެ 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން އެންމެ ރަނގަޅު ތިންވަނަ ކައުންސިލްގެ ރަނަހަންމާތި ދަރަޖަ ތުރާކުނު ކައުންސިލާއި ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. ނޫމަރާ ކައުންސިލާއި އެވޯޑު ހަވާލުކޮށް ދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ. އެ ކައުންސިލްތަކުން އެވޯޑްތަކާއި ހަވާލުވެލެއްވީ އެ ކައުންސިލްތަކުގެ ރައީސުންނެވެ.