ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި، ތިލަދުންމަތީ އުތުރުބުރި އަތޮޅު ކައުންސިލް (ހއ. އަތޮޅު ކައުންސިލް)އިން ދެ އެވޯޑެއް ހޯދައިފިއެވެ.

މި އެ ވޯޑްތައް އެ ކައުންސިލަށް ދީފައި ވަނީ ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ. ހއ. އަތޮޅު ކައުންސިލުން އެވޯޑުތަކާއި ހަވާލުވެލެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ސަފީޤެވެ.

Ad
rt

ހއ. އަތޮޅު ކައުންސިލަށް ލިބުނު އެވޯޑުތައް

  • 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންމުމުގެ ގާނޫނަށް ޢަމަލުކުރާ މިންވަރު ދައްކައިދޭ ސަބް އިންޑެކްސް 1 ވަނަ ހޯދައި މާރަދަ ހަނދާނީ ފިލާ (މާރަދަ އެވޯޑު)
  • 2022 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ޢަމަލުކުރާ މިންވަރު ދައްކައިދޭ ސަބް އިންޑެކްސް 1 ވަނަ ހޯދައި މާރަދަ ހަނދާނީ ފިލާ (މާރަދަ އެވޯޑު)

މާރަދަ އެވޯޑަކީ ކައުންސިލްތަކުގެ ޕާޕޯމަންސް އިންޑެކްސްގެ ވަކިވަކި ސަބް އިންޑެކްސްތަކުން އެއްވަނަ އަތޮޅު/ރަށު ކައުންސިލަކަށް ދޭ އެ ވޯޑެވެ.

މީގެ އިތުރުން ކަންގަތި އެވޯޑުގައި އެ އަތޮޅު ތުރާކުނު ކައުންސިލަށް ވަނީ 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްއިން އެންމެ ރަނގަޅު ތިންވަނަ ކައުންސިލްގެ ރަނަހަންމާތި ދަރަޖަ (ރަނަހަންމާތި އެވޯޑު) ލިބިފައެވެ.