Skip to main content
Topic Archive

#ލޯކަލް ގަވަރމަންޓް އޮތޯރިޓީ

25 Stories filed
ގިނަ އެވޯޑްތަކަކާއެކު 2021 ވަނަ އަހަރުގެ 1 ވަނަ ކައުންސިލަކަށް ށ. އަތޮޅު ކައުންސިލް
Thiladhunmathi News

ގިނަ އެވޯޑްތަކަކާއެކު 2021 ވަނަ އަހަރުގެ 1 ވަނަ ކައުންސިލަކަށް ށ. އަތޮޅު ކައުންސިލް

ގިނަ އެވޯޑްތަކަކާއެކު 2021 ވަނަ އަހަރުގެ އެންމެ ރަނގަޅު ކައުންސިލްގެ އެވޯޑު ށ. އަތޮޅު ކައުންސިލުން ހޯދައިފިއެވެ. މި އެ ވޯޑްތައް އެ ކައުންސިލަށް ދީފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފްލާގައެވެ. 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން ގަދަހަމާންތީގެ 1 ވަނަ ދަރަޖަ އެކައުންސިލުން ހޯދާފައިވާއިރު، އިތުރު އެވޯޑްތައް ވެސް ވަނީ ހޯދާފައެވެ. އަދި 2021 އަދި […]

އެލްޖީއޭގެ ސީއީއޯ އަފްޝަން އިސްތިއުފާ ދެއްވަނީ
Raajje

އެލްޖީއޭގެ ސީއީއޯ އަފްޝަން އިސްތިއުފާ ދެއްވަނީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމުން އަފްޝަން ލަތީފު އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް މައުލޫމަތު ލިބިއްޖެއެވެ. އޭނާ ވިދާޅުވީ އިސްތިއުފާގެ ސިޓީ ފޮނުވާފައިވާ ކަމަށާއި ވަޒީފާއަށް ނުކުންނަވާ އެންމެފަހު ދުވަހަކީ މި މޭ މަހުގެ 18 ވާ ބުރާސްފަތި ދުވަސް ކަމަށެވެ. އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުގެ އަނބިކަނބަލުން، އެ މަގާމުން އިސްތިއުފާ ދެއްވާ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ އާއިލާއަށް ވަގުުތު ދިނުމެވެ. ކައުންސިލްތަކުގެ […]

ދުވާފަރު ކައުންސިލަރުން ސަސްޕެންޑްކޮށް، ކައުންސިލް ހިނގުން ތުޙުމަތު ކުރެވޭ އެސްޖީއަށް
Raajje

ދުވާފަރު ކައުންސިލަރުން ސަސްޕެންޑްކޮށް، ކައުންސިލް ހިނގުން ތުޙުމަތު ކުރެވޭ އެސްޖީއަށް

ޒިންމާތަކަށް އިހްމާލުވުމުން، ރ. ދުވާފަރު ކައުންސިލުގެ ހުރިހާ މެމްބަރުން ސަސްޕެންޑުކޮށްފި އެވެ. އެރަށު ހުރިހާ ކައުންސިލަރުން ސަސްޕެންޑުކުރަން ނިންމީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ބޭއްވި ބޯޑުގެ ބައްދަލުވުމުގަ އެވެ. އެލްޖީއޭގެ އޮފިސަލަކު “ތިލަދުން” އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި އިތުރު މެންބަރު ސަސްޕެންޑް ކުރީ 3 މަހަށް ކަމަށެވެ. އިތުރު މެންބަރަކު 2 މަހަށް އަދި ބާކީ ހުރި މެންބަރު 1 މަށް ސަސްޕެންޑުކޮށްފައިވާ […]

ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ އަތްމަތީ ފޮތް ނެރެފި
Raajje

ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ އަތްމަތީ ފޮތް ނެރެފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން “ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އަތްމަތީ ފޮތް” ނަމުގައި ލޯކަލް ކައުންސިލްތަކުން ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ފަސޭހަކަން ލިބޭނޭ އަތްމަތީ ފޮތެއް ނެރެފިއެވެ. މި ފޮތަކީ ޔޫއެންޑީޕީއާއި، ރާއްޖޭގައި ހުންނަ އިނގިރޭސި އެމްބަސީގެ އެހީތެރިކަމާއެކު ނެރުނު ފޮތެއް ކަމަށް އެލްޖީއޭއިން ބުނެއެވެ. މިފޮތް އެކުލަވާލާފައި ވަނީ ޔޫއެންޑީޕީގެ ޕްލޭނިން ކޮންސަލްޓަންޓް އައިޝަތު އަޒްފާއެވެ. އެލްޖީއޭއިން ނެރުނު މި ފޮތަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހ...

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުން ޖޫން 12 ގައި
Raajje

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުން ޖޫން 12 ގައި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމުގެ އިންތިޚާބު 2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 59 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފައިވަނީ މިއަދު އެވެ. އީސީއިން ބުނެފައިވަނ...

އިންތިހާބީ ކައުންސިލަރުން ހުވާކުރާނީ އޮންލައިންކޮށް: އެލްޖީއޭ
Raajje

އިންތިހާބީ ކައުންސިލަރުން ހުވާކުރާނީ އޮންލައިންކޮށް: އެލްޖީއޭ

ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެ އެވެ. ކައުންސިލަރުން ހުވާކުރުމަށް ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނައުމަށް ނިންމާފައި ނުވާ ކަމަށް ވެސް އެލްޖީއޭއިން ވިދާޅުވެއެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ...

ކައުންސިލްތަކަށް ޚާއްސަ "ގުނަ" އޮންލައިން އެޕްލިކޭޝަން ތައާރަފް ކުރަނީ
Raajje

ކައުންސިލްތަކަށް ޚާއްސަ "ގުނަ" އޮންލައިން އެޕްލިކޭޝަން ތައާރަފް ކުރަނީ

ކައުންސިލްތަކުގެ ބަޖެޓް ތަންފީޒު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް ލޯކްލަ ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)  އޮންލައިން އެޕްލިކޭޝަނެއް ތައާރަފް ކުރަން ނިންމައިފިއެވެ. “ގުނަ”ގެ ނަމުގައި ތައާރަފްކޮށްފައިވާ މި އެޕްލިކޭޝަނަކީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި ހިނގާ ޚަރަދުތައް ފެންނަން ހުންނާނޭ ހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މިއަހަރުން ފެށިގެން ކައުންސިލްތަކުގެ ބަޖެޓް ތަންފީޒު ކުރުމުގެ ކަންކަން ބަލަހައްޓާނީ އެ އެޕްލިކޭޝަނުންކަމަށް އެލްޖީއޭއިންވަނީ ހާމަ ކުރައްވާފައެވެ. މީޑިއާއަށް މައުލޫމާތު...

ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލިކުރުމަށް ކޮމެޓީން ފާސްކޮށްފި
Parliament

ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލިކުރުމަށް ކޮމެޓީން ފާސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލުކުރުމަށް ރައްޔިތުން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. މި އިސްލާހު ފާސްކުރީ ޤާނޫނު އަޞާސީއަށް ހުށައަޅާފައިވާ މި އިސްލާހު ދިރާސާ ކުރުމަށް އުފެއްދި 11 މެންބަރުންގެ ވަގުތީ ކޮމެޓީގެ އިއްތިފާގުންނެވެ. މިހާރު ކައުންސިލްތަކުގެ އުމުރަކީ 3 އަހަރެވެ. ކައުންސިލްތަކުގެ ޢުމުރު 3 އަހަރުން 5 އަހަރަށް އިތުރުކުރުމަށް ޤާނޫނު އަސާސީއަށް ސަރުކާރުން އިޞްލާޙު ފާސްކޮށްފައިވަނީ އިތުރު ބަދަލެއް ނުގެނަސް ހުށައެޅުއްވި ގޮތަށެވެ. ކޮންމެ 3 އަހަރަކުން 1 އަހަރުން އިންތިޚާބު ބޭއް...

ޖުލައި މަހު ބާއްވަންޖެހޭ ބައްދަލުވުން ނުބާއްވަނީ ތިލަދުންމަތީގެ 4 ކައުންސިލުން
Thiladhunmathi News

ޖުލައި މަހު ބާއްވަންޖެހޭ ބައްދަލުވުން ނުބާއްވަނީ ތިލަދުންމަތީގެ 4 ކައުންސިލުން

ކޮންމެ ޖުލައި މަހެއްގައި އާންމުކޮށް ހުޅުވާލައިގެން ކައުންސިލްތަކުން ބާއްވަންޖެހޭ އާންމު ބައްދަލުވުން ބާއްވާފައިވަނީ ތިލަދުންމަތީގެ 23 ކައުންސިލަކުން ނެވެ. މި ބައްދަލުވުން ނުބާއްވަނީ ތިލަދުންމަތީގެ 4 ކައުންސިލަކުން ނެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު ގެ 110 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހޭނެއެވެ....

އަންނަ އަހަރުގެ މަސައްކަތު ތާވަލު ހުށައަޅާފައިވަނީ ތިލަދުންމަތީގެ 19 ކައުންސިލަކުން
Thiladhunmathi News

އަންނަ އަހަރުގެ މަސައްކަތު ތާވަލު ހުށައަޅާފައިވަނީ ތިލަދުންމަތީގެ 19 ކައުންސިލަކުން

2020 ވަނަ އަހަރުގެ ކައުންސިލް ތަކުގެ މަސައްކަތު ތާވަލު ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައަޅާފައިވަނީ ތިލަދުންމަތީގެ 28 ކައުންސިލްގެ ތެރެއިން 19 ކައުންސިލަކުންނެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު ގެ 108 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށްއޮތް އަހަރުގެ މަސައްކަތު ތާވަލު ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް ހުށައަޅަން ޖެހެއެވެ. އަދި ހަމަ މި […]