ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން 2022 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ޕާފޯމަންސް ރޭންކިން ޢާންމުކޮށްފިއެވެ.
މި ރޭންކިންގައި އެއް ވަނަ ހޯދާފައި ވަނީ ފ. އަތޮޅު ކައުންސިލެވެ. ދެ ވަނަ ބ. އަތޮޅު ކައުންސިލް ހޯދާފައިވާއިރު، ތިން ވަނަ ލިބުނީ ލ. އަތޮޅު ކައުންސިލަށެވެ.
މިރޭންކިންގައި ޖުމްލަ 18 އަތޮޅުގެ ތެރެއިން އެންމެ އުތުރުގެ ތިން އަތޮޅު ކައުންސިލްތައް ހޯދާފައިވާ ދަރަޖަތަކަށް ބަލާއިރު އެންމެ ކުރި ހޯދާފައި ވަނީ، އެ އަހަރު 4 ވަނަ ހޯދި ށ. އަތޮޅު ކައުންސިލެވެ. އެ ކައުންސިލަކީ ޖުމްލަ ހަ އެވޯޑު ހޯދައި 2021 ވަނަ އަހަރުގެ އެއް ވަނަ ކައުންސިލްގެ އެވޯޑު އަތޮޅު ކައުންސިލެވެ.
އެންމެ އުތުރުގެ ތިން އަތޮޅުން ހއ. އަތޮޅު ކައުންސިލް އޮތީ 2022 ވަނަ އަހަރުގެ ރޭންކިންގެ 7 ވަނައިގައެވެ. އެ ކައުންސިލަކީ ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންމުމުގެ ގާނޫނަށް ޢަމަލުކުރާ މިންވަރު ދައްކައިދޭ ސަބް އިންޑެކްސް 1 ވަނަ ހޯދައި މާރަދަ ހަނދާނީ ފިލާ (މާރަދަ އެވޯޑު) ހޯދުމުގެ އިތުރުން 2022 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ޢަމަލުކުރާ މިންވަރު ދައްކައިދޭ ސަބް އިންޑެކްސް 1 ވަނަ ހޯދައި މާރަދަ ހަނދާނީ ފިލާ (މާރަދަ އެވޯޑު) ވެސް ހޯދި ކައުންސިލެވެ.
2022 ވަނަ އަހަރުގެ ރޭންކިންގައި އެންމެ އުތުރުން ދެވަނަ އަތޮޅު، ހދ. އަތޮޅު ކައުންސިލް އޮތީ 14 ވަނައިގައެވެ. މި ކައުންސިލަށް 2021 އަދި 2022 ވަނަ އަހަރު ވެސް އެއްވެސް އެވޯޑެއް ލިބިފައެއް ނުވެއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގެ ދަރުބާރުގޭގަ އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މަތީ ވަނަތައް ހޯދި ކައުންސިލްތަކަށް އެވޯޑްތައް ދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!