އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ
ކޮންމެ މުދައްރިސެއްގެ ފަހަތުގައި އެ މީހަކަށް ހެޔޮ ތަރުބިއްޔަތު ދިން މައިވަންތަކަމުގެ ލޯތްބާއި ހިތްވަރު ވާނެކަން ޔަޤީނެވެ. މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހު މި ގެނެސްދެނީ، މުޖުތަމައު ބިނާކުރާ އެންމެ މުހިންމު އެއް ޚިދުމަތަށް، އެއް ފުރާޅެއްގެ ދަށުން، ތިން ދަރިން ހަދިޔާކުރި ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކައެވެ. މުޅި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރަން މަސައްކަތްކުރާ ތިން މުދައްރިސުންގެ ހިޔާވަހިކަމަކީ އެ މަންމަގެ އުނގެވެ. ހދ. ނޭކުރެންދޫ މަހުމާގޭ ފާޠިމަތު ޚާލިދާއަކީ ތިން މުދައްރިސުންގެ މަންމ...