ތިލަދުންމަތީ ހުނަރުވެރިން: ނޭކުރެންދޫ ވިލްފް، ފުޓްސަލް ދަނޑުން ވިދުން ގަދަ ތަރިއެއް
2004 ވަނައަހަރެވެ. 13 ނަމްބަރު ޖާރޒީލައިގެން ޓީމާއެކީ ދަނޑަށް ނުކުތީ އުއްމީދުތަކެއް ހުރުމުންނެވެ. އުއްމީދަކީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުމެއްނޫނެވެ. އުންމީދު ގުޅިފައި އޮތީ ލިބިފައި ހުރި ތަޖުރިބާގެ ބޭނުން ޓީމުގައި ތިބި ޒުވާން ކުޅުންތެރިންލައްވާ ހެޔޮގޮތުގައި ހިފުމަށެވެ. އެ ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ ކާމިޔާބު މޮޅުބަޔަކަށް ހެދުމެވެ. އެ އުއްމީދުގައި ނިކުމެ ޒުވާން ޓީމާއެކު އަތޮޅު ޗެމްޕިއަންކަން ހޯދީ އެވެ. މި ދަންނަވާލީ ހދ. ނޭކުރެންދޫއަށް އުފަން ހަސަން ދާއޫދު އާއްމު ނަމުންނަމަ ހަސަންބެގެ [...