ވަށަފަރާއި ހޯރަފުށީގެ ބިން ހިއްކަން ބަޖެޓްގައި ހިމަނައިފި
ހއ. ވަށަފަރު ބިން ހިއްކުމާއި، އެ އަތޮޅު ހޯރަފުށީގެ ބިން ހިއްކުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވާއިރު، ބޮޑު ތިލަދުންމަތިން ހއ. އަތޮޅުގެ ދެ ރަށެއްގެ ބިން ހިއްކަން މުޅިން އަލަށް ބަޖެޓްގައި ހިމަނ...