ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކަށް ފަޒާދު
ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން އެކުލަވާލި ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހޮވައިފިއެވެ. މިއަދު ހެނދުނު 10:15 ގައި ފެށި ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި މުގައްރިރަކަށް ފަޒާދު ހޮވީ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ. ކޮމެޓީގެ ނައިބަކަށް ހޮވާފައި ވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ޖުމުލަ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2...