36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް
އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއަދު މަޖިލީހަށް މި ބަޖެޓު ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 88 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު 657 މިލިއަން ޑޮލަރަށް ރިޒާވް އިތުރުކުރަން [...