އަންނަ 2023 ވަނަ އަހަރަށް ސަރުކާރުން ލަފާކުރައްވާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން މާދަމާ ފެށުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޝެޑިއުލްގައިވާގޮތުން އަންގާރަ ދުވަހާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއެކު ބަޖެޓު ބަހުސް ކުރިއަށް ގެންދާނެ ކަމަށެވެ.

Ad
rt

އެ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ފަށައިގެން ރޭގަނޑު 10 ޖަހަންދެން ކުރިއަށް ގެންދާނެ ކަމަށާއި އެކަމަކު ބުރާސްފަތި ދުވަހު ރޭގަނޑު 10 ޖަހާއިރު ބަހުސް ނުނިމޭނަމަ ކުރިޔަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ބަޖެޓަށް ބަހުސް ކުރުމުގެ ފުރުސަތަށް އެދިވަޑައިގަތުމަށް މެންބަރުންގެ ކިބައިން އީވާ ވަނީ އެދިވަޑައިގެންފަ އެވެ.

"ބަހުސްގައި ވާހަކަފުޅު ދެއްކެވުމަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބެވި ނަމަ މަޖިލިސް ކުރިއަށް ގެންދާނަން. މެންބަރުން ވަޑައިނުގަންނަވާނަމަ ރޭގަނޑު 10:00 ކުރިން މަޖިލިސް ނިންމަާލާނަން." އީވާ ވިދާޅުވި އެވެ.

މަޖިލީހުން ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުވަހު، ދުވަހު ބަޖެޓުގެ ހުރިހާ މަސައްކަތެއް ނިންމައި ބަޖެޓު ފާސްކުރުމަށެވެ.

އަންނައަހަރުގެ ދައުތަރުގެ ބަޖެޓު ހުށަހަޅުއްވައިދެއްވީ މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 42.6 ބިލިއން ރުފިޔާގެ ބަޖެޓެކެވެ.