ފުނަދޫ އަންހެނުންގެ ކޮމެޓީގެ ވޮލީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ފެނަކައަށް، އަންހެން ޗެމްޕިއަންކަން އެފްސީއެސްސީ އަށް
ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގެ މުއައްސަސާތަކަށް ބޭއްވި ”ޑަބްލިޔުޑީސީ އިންޓަރ އޮފީސް ވޮލީ ޓޯނަމެންޓް 2026”ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ފެނަކަ އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެފްސީއެސްސީ (ށ. ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު)ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފެނަކައިން ހޯދީ ށ.އަތޮޅު ޕޮލިހާއި ވާދަކޮށެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެފްސީއެސްސީ ހޯދީ އެސްއާރުސީ (ލޯކަލް ގަވަރމަން...