ފުނަދޫ ކައުންސިލާ ގުޅިގެން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބޭއްވި ކަސްރަތު ޕްރޮގުރާމް ނިންމާލައިފިއެވެ.

މިކަމާ ގުޅޭ ގޮތުން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމަކީ ކައުންސިލުން 40 އިންސައްތަ އަދި ކޮމެޓީން 60 އިންސައްތަ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ ދިގުމުއްދަތުގެ ޕްރޮގްރާމެއް ކަމަށެވެ.

Ad
rt

އެގޮތުން މި ޕްރޮގްރާމްގައި ސާޅީހަށްވުރެ ގިނަ ބައިވެރިން ބައިވެރިވި ނަމަވެސް މިހާތަނަށް އާދެވުނު އިރު ދެމިތިބީ 23 ކަނބަލުން ކަމަށް ފުނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބައި ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ ޖޫން މަހުގެ 02 އަކުން ފެށިގެން 28 ޖޫން 2022 ގެ ނިޔަލަށެވެ.

އެހެންނަމަވެސް ޕްރޮގްރާމް އަނެއްކާވެސް ޢީދުގެ ފަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަހްމަދު ވިދާޅުވިއެވެ.