ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެން އެ ރަށުގައި ވޮލީ ބޯޅަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

އެ ކޮމިޓީގެ އިސްނެގުމުގެ ދަށުން ފުނަދޫގައި މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަނީ ށ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކުއެވެ.

Ad
rt

މިގޮތުން މިދިޔަ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމަކީ 15 ދުވަހުގެ މުއްދަތުގެ ޕްރޮގްރާމެކެވެ.

މުޅި ޖުމްލަ 80 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި ތަމްރީނުގައި، އަލަށް ވޮލީ ކުޅެން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު މައިގަނޑު ގޮތެއްގައި ވޮލީބޯޅައިގެ ހުނަރާއި، ބޭސިކް ވޮލީ ބޯޅަ ތަމްރީނު ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފުނަދޫ ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ދަނީ ފުނަދޫގައި ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށާއި، މިފަދަ ކުޅިވަރަށް ޝައުޤުވެރިވާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމުތައް ބާއްވައި، ކުޅިވަރުގެ ދާއިރާއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.