ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށުގައި ހޭންޑް ބޯޅަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ފުނަދޫ ސްކޫލްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށެވެ.

Ad
rt

މި ޕްރޮގްރާމަކީ އޯގަސްޓް 10 އިން 20 އަށް ކުރިއަށް ގެންދިޔަ 10 ދުވަހުގެ ތަމްރީނެކެވެ.

މި ޕްރޮގްރާމްގެ ނިމުން އިއްޔެ ފާހަގަކޮށްފައިވާއިރު، ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ މިކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މި ކޮމެޓީން ވަނީ ފުނަދޫ ޕޮލިހާއި ގުޅިގެން މި މަހު 2 އިން 11 އަށް ޖިމް ތަމްރީން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން މިދިޔަ މަހު ވަނީ މޫދު ކަސްރަތު ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ފުނަދޫ ސްކޫލް މުވައްޒަފުންނަށް ޚާއްޞަ މޯޓިވޭޝަން ސެޝަން އެއް ވެސް އިއްޔެ ކުރިއަށް ގެންގޮސްދީފައެވެ.