ށ. ފުނަދޫ ކަނބަލުންނަށް ހިންގި ބޭސިކް ވޮލީ ކޯޗިން ކޭމްޕު ނިންމާލައިފިއެވެ.
މި ކޭމްޕާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެރަށު ޑަބްލިއުޑީސީ ގެ ރައީސާ ފަރުޒާނާ އާދަމް 'ތިލަދުން' އަށް ވިދާޅުވީ މި ކޭމްޕު ހިންގީ މި މަހުގެ 3 ން 17 ގެ ނިޔަލަށް ކަމަށެވެ. އަދި 21 ކަނބަލުން ބައިވެރިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ކޭމްޕު ހިންގުމަށް ނިންމާފައި އޮތީ 10 ދުވަހަށް ނަމަވެސް 'ރެސްޓް' ދުވަސްތަކާއެކު މުއްދަތު އިތުރުކުރީ ކަމަށެވެ.
އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ހަމައެކަނި އެރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްްވި ކޭމްޕެކެވެ. މި ކޭމްޕުގައި ކިޔަވައިދޭނީ ވޮލީ ކޯޗިންގ ގެ ބޭސިކް ހަދާފައިވާ އެރަށުގެ ކުދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ކޭމްޕު ބޭއްވުމުގެ މަގުސަދަކީ ރަށުގައި ތިބި ވޮލީ ކުޅޭ އަންހެންކުދިންގެ ހުނަރު އިތުރަށް ތަރައްގީކޮށް، ތާޒާކޮށްލުން ކަމަށް ވެސް ފަރުޒާނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!