ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ
މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ

ށ. ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ، ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އެރަށު ކައުންސިލާއި އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލޯކަލް އެންޑް އިންޓަރ ނޭޝަނަލް ރިލޭޝަންސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ.

އިއްޔެ ހެނދުނުން ރޭނގަނޑަށް ދެމިގެން ދިޔަ މި މަސައްކަތު ބައްދަލުވުމުގައި ފުނަދޫގެ 25 މީހަކު ވަނީ ބައިވެރިވެފައެވެ. މި ފަރާތްތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލޯކަލް އެންޑް އިންޓަރ ނޭޝަނަލް ރިލޭޝަންސްއިން ވަނީ ހަނދާނީ ލިޔުން ދީފައެވެ.

މި މަސައްކަތު ބައްދަލުވުމާއި ގުޅޭގޮތުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ފަޒްނާ އާދަމް ''ތިލަދުން'' އަށް ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން އެރަށުގައި ކަށުކަމާކެމީގެ ކަންކަމުގައި މަސައްކަތްކުރާ އަދި އެކަމަށް ޝައުގުހުރި މީހުންނަށް މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިގެން ދިޔަ ކަމަށެވެ.

ފަޒްނާ ވަނީ، މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސް ދެއްވިކަމަށްޓަކައި އިސްލާމީ ޔުނިވަރސިޓީ އަށް ޝުކުރު އަދާކުރައްވައި، މިކަމުގައި އެރަށު ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާފައެވެ.

ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްދިނުމަށް އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އެރަށަށް ވަޑައިގެންނެވި ދެ ބޭފުޅުންގެ ދަތުރާއި، ތިބުމާއި ކެއުން ހަމަޖައްސައި ދީފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައި ދެއްވީ އަލްއުސްތާޛު އަޙްމަދު ސަލީމާއި އަލްއުސްތާޛު މުޙައްމަދު ނަޢީމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *