ށ. ފުނަދޫގެ ކަނބަލުނަށް ހާއްސަކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިމުން ފާހަގަކޮށްފިއެވެ.
މި ކަސްރަތު ޕްރޮގްރާމަކީ ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ފިޓްނަޝް ލައިފް އާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ނިމުން ފާހަގަކޮށް ޕްރޮގްރާމް ފުރިހަމަކުރި ކަނބަލުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.
މެއި 1 އިން 20 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް 21 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލެވުމުން ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެެއްވި ނަޝީ ކޯޗަށާއި، ނިމިދިޔަ ދައުރުގެ ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ޝުކުރު އަދާކޮށްފައެވެ.
މިއީ އަންހެނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް މި ޕްރޮގްރާމް ފެށިއިރު ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!