މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ފަލަސްތީނު

441 Stories filed
އިސްރާއީލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ގޮވާލައްވައިފި
Raajje

އިސްރާއީލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ގޮވާލައްވައިފި

އިސްރާއީލު ޖަވާބުދާރީކުރުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ ޣައްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަަމަލާ ކުށްވެރިކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ  ވަނީ، މިހަމަލާގެ ސަބަބުން އަނިޔާވި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ ހިތްދަތި އަދި ބ...

ޚާން ޔޫނުސްގެ އިރުމަތީގައި ދިރިއުޅޭ ރައްޔިތުން އެތަނުން ފައިބަން އިސްރާއީލުން އަމުރުކޮށްފި
International

ޚާން ޔޫނުސްގެ އިރުމަތީގައި ދިރިއުޅޭ ރައްޔިތުން އެތަނުން ފައިބަން އިސްރާއީލުން އަމުރުކޮށްފި

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގެ އިރުމަތީގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ނުކުމެ ދިއުމަށް އިސްރާއީލު އޮކިއުޕޭޝަން ސިފައިން އަމުރުކޮށްފިއެވެ. މި ހަނގުރާމައިގައި ގިނަ އާއިލާތަކުން ދެވަނަ އަދި ތިންވަނަ ފަހަރަށްވެސް ހިޖުރަކުރަން މަޖުބޫރުވެފައިވާ ހިނދު، އަނެއްކާވެސް އެފަދަ އަމުރެއް ނެރުމުން އެ ސަރަޙައްދުގައި ތިބި ރައްޔިތުންނަށް މިވަނީ އެމީހުން ދާނެ ދިމާއެއް ނެތި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ. މި އަމުރާ ގުޅިގެން ގިނަ ބަޔަކު ދާންވީ ކޮންތާކަށްކަން ނޭނގި އެކިދިމަދިމާއަށް ފުރާނަ...

ޣައްޒާ ހަނގުރާމަ ފެށިފަހުން މިހާތަނަށް އިސްރާއީލްގެ 10،000 އަށްވުރެ ގިނަސިފައިން މަރުވެއްޖެ
International

ޣައްޒާ ހަނގުރާމަ ފެށިފަހުން މިހާތަނަށް އިސްރާއީލްގެ 10،000 އަށްވުރެ ގިނަސިފައިން މަރުވެއްޖެ

ޣައްޒާއަށް އިސްރާއީލުން އަރާ ހަނގުރާމަ ފެށިފަހުން މިހާތަނަށް އިސްރާއީލްގެ 10,000 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލީ ނޫސް “ޔެދިއޯތް އަހަރޯނޯތް” ނޫހުން ބުނެފައިވަނީ ކޮންމެ މަހަކު 1,000 އާ ގާތްކުރާ އަދަދެއްގެ ސިފައިން ދިފާއީ މިނިސްޓްރީގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓަށް ބަދަލުކުރެވޭ ކަމަށެވެ. އަދި ގާޒާގައި ހިނގަމުންދާ ދިގު މުއްދަތުގެ ހަނގުރާމައިގައި މަދުވެގެން 10,000 ސިފައިން މަރުވެ ނުވަތަ އަނިޔާވެފައިވާ ކަމަށް ބުނެފައިވެއެވެ. އިސްރާއީލުގެ ޕާލިމަންޓް ކަމުގައިވ...

ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ރާއްޖޭގައި ހުތުބާ ދެއްވަން ދައުވަތެއް
Raajje

ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ރާއްޖޭގައި ހުތުބާ ދެއްވަން ދައުވަތެއް

ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ރާއްޖެ ވަޑައިގެން ހުތުބާއެއް ދެއްވުމަށް ދައުވަތު ދެއްވައިފި އެވެ. ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ބުނީ ރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ރާއްޖެ ވަޑައިގެން ރާއްޖޭގެ އިސްލާމީ މަރުކަޒުގައި ހުތުބާއެއ...

އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނު 9 މީހުން ޝަހީދުވެއްޖެ
International

އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނު 9 މީހުން ޝަހީދުވެއްޖެ

ހުޅަނގު އައްސޭރީގެ އުތުރުގައި ދިން އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނު 9 މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ދެ އުޅަނދަކަށެވެ. ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާއިން ބުނެފައިވާ ގޮތުގައި ބަލްއާ އާއި އިކްތަބާ ސަރަހައްދުގެ މެދުތެރޭގެ މަގެއްގެމަތީގައި ދުއްވަމުންދިޔަ އުޅަނދަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 4 މީހުން ޝަހީދުވިއެވެ. އަދި އޭގެ ކުރިން ޒައިތާ-އައްތިލް އަވަށުގެ މަގެއްގެ މަތީގައި ދުއްވަމުންދިޔަ އުޅަނދަކަށް ދިން ހަމަލާއެއްގައި ވެސް 5 މީހުން ޝަހީދުވިއެވެ. މި ހ...

ޚާން ޔޫނިސްގައި ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި 57 މީހުން ޝަހީދުވެއްޖެ
International

ޚާން ޔޫނިސްގައި ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި 57 މީހުން ޝަހީދުވެއްޖެ

ޚާން ޔޫނިސްގެ އިރުމަތީ ހިސާބުތަކަށް ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކުގައި މަދުވެގެން 57 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ އޮފިޝަލުން ހާމަކޮށްފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސަރަހައްދަކީ ކުރިން އިޒްރޭލުން ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޒޯނެއް ކަމުގައިވީ ނަމަވެސް، ބަރު ހަތިޔާރާއެކު އެ ސަރަހައްދަށް އަރާ ޔަހޫދީ ސިފައިން ފަލަސްތީނު މީހުންނަށް ވަނީ ހަމަލާދީފައެވެ. ސިއްޙީ އޮފިޝަލުން ބުނާ ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް 172 މީހުން ޒަޚަމްވެފައިވެ...

ޣައްޒާގެ މެދުތެރޭގައިވާ އދ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އިތުރުވެއްޖެ
International

ޣައްޒާގެ މެދުތެރޭގައިވާ އދ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އިތުރުވެއްޖެ

ޣައްޒާގެ މެދުތެރޭގައިވާ އދ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އިތުރުވެއްޖެކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ބުނެފިއެވެ. އާދީއްތަ ދުވަހު ނުސެއިރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ އދގެ ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އޭޖެންސީ (އަންރުވާ) ހިންގާ އަބޫ އޮރެއިބާން ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އިތުރުން 102 މީހުން ޒަޚަމްވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެބަޔާނުގައި ވާގޮތުން މި ހަމަލާގައި […]

ޣައްޒާ ސިޓީގައި އިންސާނީ ހާލަތު ނުރައްކާތެރި ހިސާބަށް ގޮސްފި
International

ޣައްޒާ ސިޓީގައި އިންސާނީ ހާލަތު ނުރައްކާތެރި ހިސާބަށް ގޮސްފި

ޣައްޒާގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް މަގުމަތީގައި ގިނަވެ ޣައްޒާގެ އިންސާނީ ޙާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ. ޣައްޒާގެ މަދަނީ ދިފާއީ ޚިދުމަތުގެ ތަރުޖަމާނު މަޙްމޫދު ބައްސާލް ވިދާޅުވެފައިވަނީ ޣައްޒާ ސިޓީގެ ތަލް އަލް-ހަވާ ސަރަޙައްދަށް އިސްރާއީލީ ސިފައިން ވަދެ، މަދުވެގެން 30 ފަލަސްތީނުން މަރާލާފައިވާ ކަމަށެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް މަގުމަތިން ފެންނަމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ. އދ. ގެ ތަރުޖަމާނު ސްޓެފާން ދުޖާރިކް ވިދާޅ...

ޣައްޒާގެ އިރުމަތީ ސަރަޙައްދު ހުސްކުރުމަށް އިޒްރޭލުން އަމުރުކޮށްފި
International

ޣައްޒާގެ އިރުމަތީ ސަރަޙައްދު ހުސްކުރުމަށް އިޒްރޭލުން އަމުރުކޮށްފި

ޣައްޒާ ސިޓީގެ އިރުމަތީ ސަރަޙައްދުތަކުން ފަލަސްތީނު ރައްޔިތުން ނުކުތުމަށް އިޒްރޭލުގެ ސިފައިން އަމުރުކޮށްފިއެވެ. މިކަމާ ގުޅިގެން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ފަލަސްތީނު މީހުން އެމީހުންގެ ގެދޮރު ދޫކޮށް ނުކުންނަމުންދާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މަޝްވަރާކުރުމަށް މިސްރު އަދި ގަތަރުގައި ބައްދަލުވުންތަކެއް މި ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައިވެއެވެ. ނަމަވެސް އިޒްރޭލުގެ ދިފާއީ ވަޒީރު ޔޯވް...

ޣައްޒާގެ ޑެޕިއުޓީ ލޭބާ މިނިސްޓަރު އިސްރާއީލްގެ ހަމަލާއެއްގައި ޝަހީދުވެއްޖެ
International

ޣައްޒާގެ ޑެޕިއުޓީ ލޭބާ މިނިސްޓަރު އިސްރާއީލްގެ ހަމަލާއެއްގައި ޝަހީދުވެއްޖެ

ފަލަސްތީނުގެ ޣައްޒާގެ ޑެޕިއުޓީ ލޭބާ މިނިސްޓަރު އެހާބް އަލް-ގުސެއިން މިއަދު އިސްރާއީލްގެ ހަމަލާއެއްގައި ޝަހީދުވެއްޖެއެވެ. ރިޕޯޓުތަކުން ދައްކާގޮތުގައި އެހާބް އަލް-ގުސެއިން ޝަހީދުވެފައިވަނީ އިސްރާއީލްގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީއަށް ވައިގެ މަގުން ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި އިތުރު ދެ ފަލަސްތީނު ރައްޔިތަކުވެސް ޝަހީދުވެފައިވެއެވެ. ޣައްޒާގެ ސިވިލް ޑިފެންސް ޓީމުން މަޢުލޫމާތު ދީފައިވާ ގޮތުގައި އިސްރާއީލުން މި ހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ ސްކޫލަކަށް އަމާޒުކޮށެވެ. މި ހަމަލާގައި މިހާތަނަށް ހ...

އިޒްރޭލުން ޖަލުގައި ބަންދު ކޮށްގެން ގެންގުޅުމަށް ފަހު އައްޝިފާ ހޮސްޕިޓަލްގެ ވެރިޔާ ދޫކޮށްލައިފި
International

އިޒްރޭލުން ޖަލުގައި ބަންދު ކޮށްގެން ގެންގުޅުމަށް ފަހު އައްޝިފާ ހޮސްޕިޓަލްގެ ވެރިޔާ ދޫކޮށްލައިފި

އިޒްރޭލުން ޖަލުގައި ބަންދު ކޮށްގެން ގެންގުޅުމަށް ފަހު ހަތް މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީފަހުން ޣައްޒާ ގެ އަލް-ޝިފާ ހޮސްޕިޓަލްގެ އެންމެ އިސް ވެރިޔާ ޑރ. މުހައްމަދު އަބޫ ސަލްމިޔާ ދޫކޮށްލައިފިއެވެ. އޭނާ ދޫކޮށްލުމުން އިޒްރޭލުގެ ސަރުކާރުގެ ބައެއް ވަޒީރުން ވަނީ ނުރުހުން ފާޅު ކޮށްފާވައިރު، ޖަލުގެ އޮފިޝަލުން ބުނީ ޑރ. އަބޫ ސަލްމިޔާ ދޫކޮށްލީ، އޭނާގެ ފަރާތުން އޮތް ނުރައްކާ ވަޒަން ކުރުމަށް ފަހު ޖަލުގައި ތޮއްޖެހުން ބޮޑުވެފައިވާތީ ކަމުގައެވެ. ޖަލުން މިނިވަން ވުމުން […]

ހުރިހާ މަގްސަދެއް ހާސިލް ވަންދެން އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ކުރިއަށްދާނެ: ނަތަންޔާހޫ
International

ހުރިހާ މަގްސަދެއް ހާސިލް ވަންދެން އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ކުރިއަށްދާނެ: ނަތަންޔާހޫ

ހަނގުރާމައިގެ ހުރިހާ މަގްސަދެއް ހާސިލް ވަންދެން އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށާއި، ހަމާސް މުޅިން ނައްތާލެވެންދެން ހަނގުރާމަ ކުރިއަށްދާނެ ކަމަށް އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ. ހަފްތާގެ ކެބިނެޓް ބައްދަލުވުން ފައްޓަވަމުން ނަތަންޔާހޫ ވިދާޅުވީ، އިޒްރޭލުން ކުރާ ހަނގުރާމައިގެ މަގްސަދު ތަކުގެ ތެރޭގައި ގާޒާގައި ހައްޔަރު ކޮށްފައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރުމާއި، ގާޒާގެ ތެރެއިން އިޒްރޭލުގެ ސަލާމަތަށް ހުރި ހުރިހާ ނުރައްކަލެއް...

ޝެޖައިޔާ ސަރަހައްދުގައި މުޖާހިދުން ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ ދެމީހުން މަރާލައިފި
International

ޝެޖައިޔާ ސަރަހައްދުގައި މުޖާހިދުން ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ ދެމީހުން މަރާލައިފި

ފަލަސްތީނުގެ ޣައްޒާގެ ޝެޖައިޔާ ސަރަހައްދުގައި އިއްޔެ މުޖާހިދުން ދިން ހަމަލާއެއްގައި އިޒްރޭލް ސިފައިންގެ ދެމީހުން މަރާލައިފި ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އާއި ހަވާލާދީ ޓައިމްސް އޮފް އިޒްރޭލުން ބުނެފިއެވެ. އެނޫހުން ބުނީ ޣައްޒާ ތެރޭގައި މަރާލާފައިވަނީ އުމުރުން 20 އަހަރުގެ ޕަރަޓްރޫޕާ ބްރިގޭޑުގެ 890 ބެޓަލިއަންގެ ޔާއިރް އަވިޓަން އާއި ހަތް ވަނަ އާމާޑް ބްރިގޭޑްގެ 77 ބެޓަލިއަންގެ އުމުރުން 21 އަހަރުގެ ޔާކިރް ޝުމުއެލް ޓަޓެލްބައުމް ކަމަށެވެ. އެދެ ސިފައިން ވެސް މަރާލާފައިވަނީ ޣައްޒާ ސިޓީޣެ […]

ޣައްޒާގެ ޝުޖާޔާ އަވަށުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައިފި
International

ޣައްޒާގެ ޝުޖާޔާ އަވަށުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައިފި

ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައި ފަސް މީހަކު ޒަހަމްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ބުނާ ގޮތުގައި އެ ސަރަހައްދުގައި އިޒްރޭލު ސިފައިންނާ ހަނގުރާމަތައް ކުރަމުން އަންނަ އިރު، ހަމާސްއިން ގެންދަނީ ކާމިޔާބީތަކެއް ހޯދަމުންނެވެ. އަނެއްކޮޅުން އިޒްރޭލްގެ ހަމަލާތައްވެސް ވަރުގަދަކޮށްފައިވާއިރު، ޣައްޒާގެ އިންސާނީ ޙާލަތު ދަނީ ގޯސްވަމުންނެވެ. އދ.ގެ ތަރުޖަމާނަކު ސިފަކުރެއްވި ގޮތުގައި، ބޮމުގެ ހަމަލާތައ...

ޖައްބާރު އިސްރާއީލުގެ އަނިޔާ އިންތިހާގައި، ފަލަސްތީނު މީހެއް ޖިޕެއްގައި ބަނދެގެން ދުއްވައިފި
International

ޖައްބާރު އިސްރާއީލުގެ އަނިޔާ އިންތިހާގައި، ފަލަސްތީނު މީހެއް ޖިޕެއްގައި ބަނދެގެން ދުއްވައިފި

ހުޅަނގު އައްސޭރީގެ ޖެނިންގައި އިސްރާއީލް ސިފައިން ޒަޚަމްކޮށްލި ފަލަސްތީނުގެ މީހަކު އިސްރާއީލްގެ އަސްކަރީ ޖިޕެއްގައި ބަނދެގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ. އދ.ގެ ތަޖުރިބާކާރަކު ބުނީ އެކަން ބެލެވޭނީ އިސްރާއީލުން، ފަލަސްތީނުގެ ރައްޔިތަކު އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ. އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ހިންގި އޮޕަރޭޝަނެއްގައި ޒަހަމްވި ފަލަސްތީނުގ...