ހުޅަނގު އައްސޭރީގެ ޖެނިންގައި އިސްރާއީލް ސިފައިން ޒަޚަމްކޮށްލި ފަލަސްތީނުގެ މީހަކު އިސްރާއީލްގެ އަސްކަރީ ޖިޕެއްގައި ބަނދެގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އދ.ގެ ތަޖުރިބާކާރަކު ބުނީ އެކަން ބެލެވޭނީ އިސްރާއީލުން، ފަލަސްތީނުގެ ރައްޔިތަކު އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އެހެންކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ.

Ad
rt

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި ހިންގި އޮޕަރޭޝަނެއްގައި ޒަހަމްވި ފަލަސްތީނުގެ މީހަކު އަސްކަރީ ޖީޕެއްގެ ހޫޑުގައި ބަނެދެގެން އެތަން މިތާންގައި ދުއްވާފައިވާއިރު، އެކަންވަނީ ބައިނަލް އަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުއި މުޖާހިދު އަޒްމީ ނަމަކަށް ކިޔާ މި މީހާ ހައްޔަރުކުރުމުގެ އޮޕަރޭޝަނެއްގައި ޒަހަމްކޮށްލުމަށް ފަހު އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރިއެވެ.

ވެރިފައިޑް ފުޓޭޖުން ފެންނަ ގޮތުގައި އެމްބިއުލާންސްތައް ފަހަތުން ދުއްވާފައި ދިޔައިރު، އަޒްމީ ވެހިކަލްގައި ބަނދެފައި ހުއްޓެވެ. ފަލަސްތީނުގެ ޑޮކްޓަރުން ބުނާ ގޮތުގައި ޒަހަމްވި މީހާ ބޭސްފަރުވާއަށް ހަވާލުކުރުމަށް އިޒްރޭލު ސިފައިން ދެކޮޅު ހެދިއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެކަން ގަބޫލުކޮށް، އެއީ ޕްރޮޓޮކޯލާ ހިލާފު ކަމެއް ކަމަށާއި އެކަން ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ.

އދ.ގެ ސްޕެޝަލް ރެޕަޓުއަރ ފްރާންސެސްކާ އަލްބަނީޒް ގެ އިތުރުން އިންސާނީ ޙައްޤުތަކާބެހޭ އޮބްޒާވަރުންގެ ފާޑުކިޔުން މި އަމަލަށް އަމާޒުވެފައިވާއިރު، މިއީ އިންސާނީ ޙައްޤުތަކާއި ކަރާމަތަށް އަރައިގަތުންކަމަށް އެބޭފުޅުންވަނީ ސިފަކޮށްފައެވެ.

ހުޅަނގު އައްސޭރީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި މި ހާދިސާ ހިނގާފައިވާއިރު، ހިފާފައިވާ ސަރަހައްދުތަކުގައި އިސްރާއީލު ސިފައިން އަމަލުކުރާ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

މި ޕްރޮޓޮކޯލާ ހިލާފުވުމުން އިސްރާއީލުގެ އަސްކަރިއްޔާއިން ދޭ ޖަވާބަކީ މުސްތަގުބަލުގައި ހިންގާ އޮޕަރޭޝަންތަކަށާއި އިޒްރޭލުގެ ބައިނަލްއަގްވާމީ ދަރަޖައަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ވާތީ، އެކަން ވަރަށް ގާތުން ބަލާނެ ކަމަށެވެ.