ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި
އިސްރާއީލުގެ ސިފައިންގެ އޮޕަރޭޝަނެއްގައި ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލާފައިވާކަމަށް އިސްރާއީލުގެ ސިފައިން އަދި ބޭރު ކަންތައްތަކާ ބެހޭ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ބުދަ ދުވަހު ބުނެފައެވެ. ޔަހްހާ ސިންވާރު ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ ދެކުނު ސަރަހައްދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. “އޮކްޓޯބަރު 7 ގެ އަނިޔާވެރި ޢަމަލުތަކުގެ ޒިންމާ އުފުލަންޖެހޭ ޔަހްޔާ ސިންވާރު މިއަދު [އިސްރާއީލުގެ] ސިފައިންގެ އަތުން މަރުވެއްޖެ،” ކަމަށް ކަޓްޒް ވަނީ ބަޔާނެ...