ފަލަސްތީނު ދަނޑުތަކުން ޔަހޫދީން ވައްކަން ކުރާތީ ބޮޑު ތުރާލަކަށް
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ދަނޑުވެރިންނަށް ހައްދުފަހަނައެޅި ޔަހޫދީން ދުއްތުރާކޮށް ވައްކަން ކުރާމިންވަރު އިތުރު ވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. އެގޮތުން ފަލަސްތީނުގެ ދަނޑުވެރިން މާމުއި އުފެއްދުމަށާއި އޮލިވް އެއްކުރުމަށް ގެންގުޅޭ އާލާތްތަކެއް އިސްރާއީލް ބަޔަކު ވަނީ ވަގަށް ނަގައިފަ އެވެ. މިހާދިސާ ހިނގީ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ނަބްލުސްގެ ދެއާ ޝަރަފްގައި އެވެ. އިސްރާއީލުން ވެރިވެގަނެފައިވާ އެ ބިމުގައި ފަލަސްތީން ރައްޔިތުންނަށް ވަކި އުސޫލުތަކެއްގެ ތެރެއިން ދަނޑުބިންތައް...