ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އޮތް ހުރަސްތައް ނައްތާލުމަށް ޑެންމާކުން ގޮވާލައިފި
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އޮތް ހުރަސްތައް ނައްތާލުމަށް ޑެންމާކުން އިސްރާއީލަށް ގޮވާލައިފިއެވެ. ޑެންމާކުގެ ސަރުކާރުގެ ނޫސް އިދާރާ ޑީއާރުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ޑެންމާކުން ވަނީ ގޮވާލައިފައެވެ. ޑެންމާކުގެ ޕާލަމެންޓްގައި ވާހަކަދައްކަވަމުން، އެ ގައުމުގެ ބޮޑުވަޒީރު މެޓެ ފްރެޑެރިކްސެން ވިދާޅުވީ، “އިންސާނީ އެހީ ހުއްޓުވުމަކީ ކުރިންވެސް އަދި މިހާރުވެސް ނުބައިކ...