އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 50،208 އަށް އަރައިފިކަމަށް ޣައްޒާގެ ޞިއްޙަތު ވުޒާރާއިން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ އިތުރު 25 ރައްޔިތުން ޝަހީދުވެފައިވާ ކަމަށާއި، 82 މީހުން ޒަޚަމްވެ ހޮސްޕިޓަލުތަކަށް ގެންދެވިފައިވާ ކަމަށެވެ. މިއާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޒަޚަމްވެފައިވާ މީހުންގެ އަދަދު 113،910 އަށް އަރާފައިވެއެވެ.
"ހަމަލާތަކުގައި ޝަހީދުވި މީހުންނާއި އަނިޔާވި ގިނަ މީހުން އަދިވެސް ވަނީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ތެރޭގައާއި މަގުމަތީގައި. ސަލާމަތްކުރާ ފަރާތްތަކަށް އެ މީހުންނާ ހަމައަށް ދެވޭގޮތް ނުވޭ،" ވުޒާރާއިން ބުނެފައިވެއެވެ.
އިސްރާއީލުގެ ސިފައިންވަނީ މިއަހަރުގެ ޖަނަވަރީ މަހު ހަނގުރާމަ މެދުކެނޑުމަކަށް އައުމަށްފަހު، މާރިޗު 18 ވަނަ ދުވަހު ޣައްޒާއަށް އަލުން ޙަމަލާދީފައެވެ. މި ޙަމަލާގައި މިހާތަނަށް 855 މީހުން ޝަހީދުވެ، 1،900 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!