މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ފަލަސްތީނު

441 Stories filed
ފަލަސްޠީނު ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށްލުމަށް ޖާގައެއް ނުދޭނަން: ސައޫދީ
International

ފަލަސްޠީނު ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށްލުމަށް ޖާގައެއް ނުދޭނަން: ސައޫދީ

ފަލަސްޠީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ރޭވޭ އެއްވެސް ރޭވުމަކަށް ތާއީދެއް ނުކުރާނެކަމަށް ސައޫދީން ބުނެފިއެވެ. ސައޫދީ އަރަބިއްޔާއިން މިކަން ހާމަކޮށްފައިވަނީ އެގައުމުގެ ބޭރުގެ ކަންތައްތަކާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ ފަލަސްޠީނު ރައްޔިތުން އެބައިމީހުންގެ ބިމުން ބޭރުކޮށްލުމަށް ރޭވޭ އެއްވެސް ރޭވުމަކަށް އެ ޤައުމުން ތާއީދު ނުކުރާނެކަމަށެވެ. އަދި 1967 ގެ ބޯޑަރުތަކުގެ ތެރޭގައި، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ބަލައިގެން ފަލަސްޠީނުގެ މ...

ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިންގެ ހަމަލާތައް ވަރުގަދަކޮށްފި
International

ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިންގެ ހަމަލާތައް ވަރުގަދަކޮށްފި

އިސްރާއީލް ސިފައިން ހުޅަނގު އައްސޭރީގެ އުތުރުގައި ހިންގަމުންދާ ހަނގުރާމަވެރި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ޖެނިންގެ އިތުރުން ޓުލްކަރަމް ސިޓީއަށް އަމާޒުކޮށް ހަމަލާތައް ފަށައިފިއެވެ. ލިބިފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި އިސްރާއީލް ސިފައިން ވަނީ ހޯމަ ދުވަހުން ފެށިގެން ޓުލްކަރަމް އާއި އެސަރަހައްދުގެ ދެ ރެފިއުޖީ ކޭމްޕް ކަމުގައިވާ ނޫރު ޝަމްސް އަދި ޓުލްކަރަމް ކޭމްޕަށް ހަމަލާދީ، އެސަރަހައްދު އަސްކަރީ ބެރެކްސްތަކަކަށް ބަދަލުކޮށްފައެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ އާއިލާތަކެއް ވަނީ އެމީހުންގެ...

ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވައިނުލުމަށް އދ. އިން ގޮވާލައިފި
International

ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވައިނުލުމަށް އދ. އިން ގޮވާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި، ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމުގެ ހުށަހެޅުއްވުމަށް އ.ދ އިން ދެކޮޅު ހަދައިފިއެވެ. އ.ދ ގެ ސްޕޯކްސްޕަރސަން ސްޓެފާން ދުޖާރިކް ވިދާޅުވި ގޮތުގައި “މީހުން ބާރުގެ ބޭނުންކޮށްގެން ބަދަލުކުރުމަށް ނުވަތަ ނަސްލު ފޮހެލުމަށް ހުށަހަޅާ އެއްވެސް ޕްލޭނަކަށް އެއްބަސްވެވެން ނެތް” ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާ “ސާފުކޮށް” އެތަނުގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށެވެ. އަދި އިޒްރާއީލުގެ ހަނގުރާމައިގެ ސަބަބު...

ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު އިސްރާއީލުން ދޭންޖެހޭނެ: ރައީސް
Raajje

ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު އިސްރާއީލުން ދޭންޖެހޭނެ: ރައީސް

އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރަށްވައިފިއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަމާސް އަދި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކާ ކައިރިވެފައިވާކަމަށް މަސްދަރުތަކުން ފުރަތަމަ ބުނީ އިއްޔެއެވެ. އިސްރާއީލުން، ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ މަނިކުފާނ...

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 41 އިންސައްތަ އިތުރުވެދާނެ: ރިޕޯޓް
International

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 41 އިންސައްތަ އިތުރުވެދާނެ: ރިޕޯޓް

އިޒްރޭލުގެ ނިރުބަވެރި ސިފައިން ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް ރިޕޯޓުކުރެވިފައިވާ އަދަދަށްވުރެ 41 އިންސައްތަ އިތުރުވެދާނެކަމަށް ލޭންސެޓް މަޖައްލާގައި ޝާއިޢުކޮށްފައިވާ އައު ދިރާސާއަކުން ދައްކައިފިއެވެ. މި ބޮޑު ތަފާތު ފާހަގަކުރެވުނީ “ޕެލެސްޓައިން ދިސް ވީކް” ޕްރޮގްރާމުގައި މި ދިރާސާގެ ނަތީޖާތައް ދިރާސާކުރަމުންދަނިކޮށެވެ. މި ޕްރޮގްރާމުގައި ބަހުސްކުރެވުނު އެހެން މުހިންމު މައުޟޫތަކުގެ ތެރޭގައި އިޒްރޭލުން ޣައްޒާގެ ތަޢުލީމީ ނިޒާމު ފުނޑުފުނޑުކޮށްލުމާ ގުޅޭގޮތުން...

އިސްރާއީލާއި ދެކޮޅަށް އިގްތިސާދީ ބާރުގެ ބޭނުންކޮށް، ހަތިޔާރުވިއްކުން ހުއްޓާލަން ރައީސް ގޮވާލައްވައިފި
Raajje

އިސްރާއީލާއި ދެކޮޅަށް އިގްތިސާދީ ބާރުގެ ބޭނުންކޮށް، ހަތިޔާރުވިއްކުން ހުއްޓާލަން ރައީސް ގޮވާލައްވައިފި

އިސްރާއީލަށް ވާގިވެރިވާ ދުނިޔޭގެ ގައުމުތަކުން އިސްރާއީލާއި ދެކޮޅަށް ސިޔާސީ، އިގްތިސާދީ ބާރުގެ ބޭނުންކޮށް، ހަތިޔާރުވިއްކުން ހުއްޓާލަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުނިޔެއަށް މިއަދު ގޮވާލައްވައިފިއެވެ. ރައީސް މިފަދައިން ގޮވައިލެއްވީ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި، ޢަދުލުއިންޞާފާއި ޞުލްޙަވެރިކަމާއެކު ދިރިއުޅުމުގެ ޙައްޤު ހޯދުމަށް ފަލަސްޠީނުން ކުރަމުންދާ މަސައްކަތުގެ ބައިވެރިއެ...

ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ނެރުނު އަމުރަށް ރާއްޖެއިން މަރުހަބާކިޔައިފި
Raajje

ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ނެރުނު އަމުރަށް ރާއްޖެއިން މަރުހަބާކިޔައިފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރ ޔޯއަވް ގަލަންޓް ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް،  އައިސީސީން އަމުރު ނެރުމާއި ގުޅިގެން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ. ސޯޝަލް މީޑިއާގައި ރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އައިސީސީގެ އެނިންމެވުމަކީ ފަލަސްތީނުގެ ހިންގަމުންދާ އިންސާނިއްޔަތާއި ހިލާފް ޖަރީމާތަށް ހުއްޓުވައި އިޒްރޭލު ޖަވާބުދާރީކުރުވުމަކީ ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއްކަމަށާއ...

ފަލަސްޠީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 36 އަހަރު، ރައީސްގެ ޚާއްޞަ މެސެޖެއް
Raajje

ފަލަސްޠީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 36 އަހަރު، ރައީސްގެ ޚާއްޞަ މެސެޖެއް

ފަލަސްޠީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ މެސެޖެއް ފޮނުއްވައިފިއެވެ. މިގޮތުން ރައީސް މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް ވަކިވަކިން މެސެޖު ފޮނުއްވާފައެވެ. މި މެސެޖުގައި ފަލަސްޠީނުގެ މިނިވަންކަން އިޢުލާން ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ހެޔޮ އެދުންތައް ފޮނުއްވާފައިވާއިރު، ފަލަސްޠީނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރ...

އިސްރާއީލުގެ ގަތުލުއާންމު ދައްކުވައިދޭ ފިލްމެއް ނެރެފި
International

އިސްރާއީލުގެ ގަތުލުއާންމު ދައްކުވައިދޭ ފިލްމެއް ނެރެފި

ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ އަނިޔާވެރި ގަތުލުއާންމުގެ ތެރޭގައި ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކާއި ނަސްލު ފޮހުމުގެ ޢަމަލުތައް ހާމަކޮށްދޭ ފިލުމެއް “ދަ އެވިޑެންސް” ނަމުގައި ނެރެފައެވެ. މި ފިލްމަކީ ޣައްޒާގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތަކުގެ ޙަޤީޤަތް ދުނިޔެއަށް ހާމަކޮށްދިނުމަށް އުފައްދާފައިވާ މުހިންމު ވަސީލަތެކެވެ. މި ފިލްމުގައި ހިމެނިފައިވަނީ ޣައްޒާގައި މަސައްކަތްކުރާ ނޫސްވެރިން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެވެ. މި މަންޒަރުތަކުގައި ހިމެނެނީ އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުނ...

ފަލަސްތީނުގެ ޒުވާން ސަވާން އަށް އަރަބި އަންހެނުންގެ ޗެސް ޗެމްޕިއަންޝިޕްގެ ރަން މެޑެލް
International

ފަލަސްތީނުގެ ޒުވާން ސަވާން އަށް އަރަބި އަންހެނުންގެ ޗެސް ޗެމްޕިއަންޝިޕްގެ ރަން މެޑެލް

ޔޫއޭއީގެ ޝާރިޖާގައި ބޭއްވުނު 2024 ވަނަ އަހަރުގެ އަރަބި އަންހެނުންގެ ބްލިޓްޒް ޗެސް ޗެމްޕިއަންޝިޕްގައި ފަލަސްތީނުގެ ބައިނަލްއަޤްވާމީ ޗެމްޕިއަން ޢުމުރުން 17 އަހަރުގެ އެމަން ސަވާން ރަން މެޑަލް ހޯދައިފިއެވެ. މިކަން މައާން ނިއުސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ. ސަވާން މި މަޤާމު ހޯދީ 9 ބުރުގައި 7.5 ޕޮއިންޓް ހޯދައިގެން ފާހަގަކޮށްލެވޭ ފަދަ ޕަރފޯމަންސެއް ދައްކައިގެންނެވެ. ސަވާން މި މުބާރާތުގައި ބައިވެރިވީ ފަލަސްތީނުގެ ޤައުމީ ޓީމުގެ ކުޅުއްންތެރިއެއްގެ ގޮތުގައެވެ. މި ޓީމުގައި އޭނާގެ އިތުރުން ހިމެނެނީ […]

ޣައްޒާއަށް އެޅި ބޮންތަކުގެ ބަރުދަން 2 ވަނަ ބޮޑު ހަނގުރާމައަށްވުރެ އިތުރު: ރިޕޯޓް
International

ޣައްޒާއަށް އެޅި ބޮންތަކުގެ ބަރުދަން 2 ވަނަ ބޮޑު ހަނގުރާމައަށްވުރެ އިތުރު: ރިޕޯޓް

އިސްރާއީލުގެ ސިފައިން ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި ޣައްޒާ ސަރަހައްދަށް އަޅައިފައިވާ ބޮންތަކުގެ ބަރުދަން 85،000 ޓަނަށްވުރެ އިތުރުވެއްޖެ ކަމަށް އދ. ގެ ރިޕޯޓެއްގައި ބުނެފިއެވެ. މިއީ 2 ވަނަ ބޮޑު ހަނގުރާމައިގައި ބޭނުންކުރި ގޮވާ ތަކެތީގެ މިންވަރަށްވުރެ ގިނަ އަދަދެކެވެ. އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ފެށި ހަނގުރާމައިގައި، ޣައްޒާގެ އާބާދީ ދިރިއުޅޭ ސަރަހައްދުތަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ހަމަލާދީފައިވެއެވެ. މި ހަމަލާތަކުގައި ސިވިލިއަނުން...

އަންރުވާ ހުއްޓުވާލުމުން ފަލަސްތީނު ކުދިންގެ ތަޢުލީމަށް ނޭދެވޭ އަސަރުކުރާނެ: އދ
International

އަންރުވާ ހުއްޓުވާލުމުން ފަލަސްތީނު ކުދިންގެ ތަޢުލީމަށް ނޭދެވޭ އަސަރުކުރާނެ: އދ

އަންރުވާ ހުއްޓުވާލުމުން ފަލަސްތީނު ކުދިންގެ ތަޢުލީމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އދ. އިން ބުނެފިއެވެ. ޔޫއެންގެ ފަލަސްތީނު ރެފިއުޖީންގެ އެޖެންސީ (އަންރުވާ) ގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ އަންރުވާ ހުއްޓުވާލުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ޣައްޒާގައި ހިނގަމުންދާ އިސްރާއީލުގެ ހަނގުރާމަ ނިންމުމަށް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރުމަށް އިސްކަންދޭންވާނެ ކަމަށެވެ. ލަޒަރީނީ ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަންރުވާ ހުއްޓުވާލައިފިނަމަ ފަލަސްތީނު ކުދިނ...

ޣައްޒާގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލާ ގުޅުން ކެނޑިއްޖެ: ޑަބުލިއުއެޗްއޯ
International

ޣައްޒާގައި ހުންނަ ކަމާލް އަދުވާން ހޮސްޕިޓަލާ ގުޅުން ކެނޑިއްޖެ: ޑަބުލިއުއެޗްއޯ

ޣައްޒާގައި ހުރި ކަމާލް އަދުވާން ހޮސްޕިޓަލާ ގުޅުން ކެނޑިއްޖެކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. ހުކުރު ދުވަހުގެ ހެނދުނު ޣައްޒާގެ އުތުރުގައި ހުރި ކަމާލް އަދުވާން ހޮސްޕިޓަލަށް އިޒްރޭލުގެ ސިފައިން ހަމަލާދިން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި ހަމަލާގައި އާޓިލަރީ އާއި ބަޑިޖެހުން ހިމެނޭ ކަމަށާއި، އަދި މީގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވި ކަމަށްވެސް ބުނެއެވެ. ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި، ހޮސްޕިޓަލަށް ހަމަލާދިން ވާހަކަ އިވުނު ފ...

އިސްރާއީލުން ޣައްޒާއަށް ސިންވާރުގެ ހަށިގަނޑުގެ ފޮޓޯއާއެކު ލީފްލެޓްތަކެއް އަޅައިފި
International

އިސްރާއީލުން ޣައްޒާއަށް ސިންވާރުގެ ހަށިގަނޑުގެ ފޮޓޯއާއެކު ލީފްލެޓްތަކެއް އަޅައިފި

އިސްރާއީލުން ޣައްޒާގެ ދެކުނު ސަރަހައްދަށް ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރުގެ ޝަހީދުވެފައިވާ ހަށިގަނޑުގެ ފޮޓޯއެއް ހިމެނޭ ލީފްލެޓްތަކެއް އަޅައިފިއެވެ. މި ލީފްލެޓްތަކުގައި “ހަމާސްއިން ދެން ޣައްޒާ ނުހިންގާނެ” ކަމަށް ބުނެފައިވެއެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބޭނުންކުރި ޢިބާރާތެކެވެ. މި ލީފްލެޓްތައް އެޅި ވަގުތު، އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި މަދުވެގެން 35 މީހުން ޝަހީދުވިއެވެ. އަދި ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާގެ ހޮސްޕިޓަލްތަކުގެ ވަށައިގެން ކޮ...

ޣައްޒާ ހަނގުރާމަ ނިމެންވާނީ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރެވިގެން: ޕުޓިން
International

ޣައްޒާ ހަނގުރާމަ ނިމެންވާނީ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރެވިގެން: ޕުޓިން

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމެންވާނީ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރެވިގެން ކަމަށް ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މޮސްކޯގައި ބްރިކްސް މީޑިއާ މެނޭޖަރުންނާ ބައްދަލުކުރެއްވި ބައްދަލުވުމެއްގައި ހުކުރު ދުވަހުއެވެ. “ފަލަސްތީނުގެ މައްސަލައަށް އޮތް އަސާސީ ހައްލަކީ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ޤާއިމުކުރުން. ސޯވިއެޓް ޒަމާނުއްސުރެ ރަޝިޔާއިން ވަނީ މި ސްޓޭންޑް ނަގާފައި،” ޕުޓިން ވިދާޅުވިއެވެ. އިސްރާއީލު-ފަލަސްތީނު ހަނގުރާމައިގައި މެދު...