މަހްމޫދުގެ މަރު: ތުހުމަތުވާ ބިދޭސީ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް
އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި ބިދޭސީ މީހާ ޝަރީޢާތް ނިމެންދެން ބަންދުކޮށްފި އެވެ. މި މައްސަލައިގެ ތުހުމަތުގައި 2021 އޮކްޓޯބަރ 16 ވަނަ ދުވަހުގެ ހެނދުނު 10:36 ކަށްހާއިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ (29އ) އެވެ. ފުލުހުން މިއަދު ވިދާޅުވީ، ޝަރީއަތް ނިމެންދެން ޝާ އަލޮމް މިއާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި […]