މާލޭ ސިޓީގައި ޒުވާން އަންހެނަކަށް އަނިޔާކުރި މައްސަލާގައި ޒުވާން ފިރިހެނަކު ހައްޔަރުކޮފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ރޭ އެ އިދާރާއަށް ހުށަހެޅިފަވެއެވެ.

Ad
rt

މި މައްސަލާގެ ރިޕޯޓު ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ރޭ 1:30 ހާއިރުއެވެ. މި މައްސަލާގައި ފުލުހުން ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެމީހާ ހައްޔަރު ކުރުމަށްފަހު އެ މައްސަލަ މިހާރު ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.

ހުޅުމާލޭގައި އަންހެނަކު ރަހީނުކޮށްގެން މާލެ ގެނެސް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ރޭ މީސްމީޑިއާގައި ޚަބަރު ފެތުރުނެވެ. އަދި އެ އަންހެން މީހާ ސަލާމަތްކުރީ ޢާއިލާއާއި އެކުވެރިން ވެގެން ކަމަށް ވެސް ޚަބަރު ފެތުރުނެވެ.

ބެލެވޭގޮތުގައި ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ އެ މައްސަލައެވެ. ނަމަވެސް އެއީ ސީދާ އެމައްސަލަކަމެއް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.