ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމު ކުރުމަށްޓަކައި އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން އިއުލާނު ކޮށްފިއެވެ.
މިއީ ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރަން އިމާރާތެއް ހޯދަން ޢިއުލާންކުރި ދެވަނަ ފަހަރެވެ. މިގޮތުން ފުރަތަކުރި ޢިއުލާނަށް އެކަށޭނަ ތަރުހީބެއް ލިބިފައި ނުވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަ ކުރައްވާފައެވެ.
ކުމުންދޫގައި ދިވެހި ފުލުހުންގެ ޚިދުމަތް ފެށުމަށް، އިމާރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފައިވާއިރު، މި ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: as_5147@police.gov.mv އަށް މެއިލްކޮށް އަދި procurement@police.gov.mv އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބޭނެކަމަށް އެ ޢުލާންގައި ބުނެފަ ވެއެވެ. މި ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2021 އޮކްޓޯބަރ 26 ވަނަ ދުވަހުގެ 14:00 އެވެ
މިކަމާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ ކަމަށް ޢިއުލާންގައި ބުނެފަވާއިރު، ބީލަން ހުޅުވުން އޮންނާނީ 2021 ނޮވެމްބަރ 04 ވަނަ ދުވަހުގެ 11:00 ގައި މާލޭ ސިޓީ، އަމީނީމަގު، އިސްކަންދަރުކޮށި 1 ގައެވެ.
މިކަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2021 އޮކްޓޯބަރ 28 ވަނަ ދުވަހުގެ 23:00 ގެ ކުރިން as_5147@police.gov.mv އަށް އީ-މެއިލް ކުރުމަށް އެ އިއުލާންގައި އެދިފަ ވެއެވެ.
ކުމުންދޫގައި ޕޮލިސް ޕޯޓެއް ގާއިމުވެގެން ދިޔުމަކީ އެރަށުގެ ރައްޔިތުންގެ އުންމީދެކެވެ. އަދި މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސްގައި ކުމުންދޫ ތަމްސީލް ކުރައްވާ މެންބަރު މުޙައްމަދު ރާއީ ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ރާއްޖޭގެ އާބާދީ ބޮޑޫ ގިނަ ރައްތަކެއްގައި މިހާރު ގާއިމުކޮށްފައިވާއިރު، ކުށްމަދު އަމާން މުޖުތަމައެއްގެ ގޮތުގައި މުޖުތަމައު ބޭއްވުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ ގިނަ މަސައްކަތްތަކެއް ވެސް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!