މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އުތުރުގެ ބައެއް ރަށްރަށަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
މިއަދުން ފެށިގެން މިމަހު 7 ވަނަ ދުވަހާއި ހަމައަށް ކުރައްވާ މި ދަތުރުފުޅުގައި، ހއ. އަތޮޅަށް ވަޑައިގެން ތުރާކުުނުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެ ރަށުގެ ޕޮލިސް ޑެސްކު ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެއެވެ. ތުރާކުނުގައި އެރަސްމިއްޔާތު އޮތީ މިއަދު 14:00 ގައެވެ.
މީގެއިތުރުން އެ އަތޮޅު ހޯރަފުއްޓާއި ހދ. ކުޅުދުއްފުށީ ސިޓީއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތްް ރަސްމީކޮށް ފައްޓަވައި ދެއްވާނެއެވެ.
މިދަތުރުފުޅުގައި ށ. ފޭދޫ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށްވެސް ހަމަޖެހިފައިވާއިރު، ރ. އަތޮޅަށް ވަޑައިގެން ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ވެސް ރަސްމީކޮށް ހުޅުވައި ދެއްވާނެއެވެ. އަދި އެ އަތޮޅުގެ ވެރިރަށް އުނގޫފާރަށް ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!