ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ދިވެހި ފިރިހެނަކު ބަރަހަނާކޮށް، ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.
މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ވިދާޅުވެފައި ވަނީ މާލޭގައި އުމުރުން 27 އަހަރުގެ ފިރިހެނަކު ބްލެކްމެއިލްކޮށް ބިރުދައްކައި ބަރަހަނާކޮށް ވީޑިއޯކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް އެ އިދާރާއަށް ރޭގެ މެންދަމު 03:49 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރު ކުރިއެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ނަމަވެސް، މައްސަލަ ހުށަހެޅިފަރާތުން އިތުރަށް މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވުމުން، އެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިރޭ ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!